ފަހު ދިހައަކާ ދިމާކޮށް މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ވަގުތު އިތުރުކޮށްފި

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ: ފަހު ދިހައަކާ ދިމާކޮށް މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ވަގުތު އިތުރުކޮށްފި -- ސަން ފޮޓޯ: ނާއިލް ހުސައިން

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ން މާލެ ސަރަހައްދުގައި ދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގެ ވަގުތު ރޯދަމަހުގެ ފަހުދިހައެއްގައި އިތުރުކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އާރް 1، އާރް 2، އާރް 6 އާއި އާރް 7 އަދި އާރް 8ގެ ޙިދުމަތް މިހާރު ދެނީ ރޭގަނޑު 12:00އަށް ކަމަށެވެ.

ނަމަވެސް، ފަހުދިހައެއްގެ ރޭތަކުގައި ދަންވަރު 2:00އާ ހަމައަށް ބަހުގެ ޚިދުމަތް ދޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، މާލެތެރޭގައި ދަތުރުކުރާ އާރް 10، އަދި އާރް 11ގެ ޚިދުމަތް ވެސް ފަހުދިހައެއްގެ ރޭތަކުގައި ދަންވަރު 2:00އާ ހަމައަށް ދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

comment ކޮމެންޓް