މި ރަމަޟާންމަހު ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފިއެވެ.
އެގޮތުން ދިރާގުޕޭ އެޕް ޑައިންލޯޑް ކުރުމަށްފަހު، ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް"ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށްފަހު ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުޕޭގެ އިތުރުން ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ.
އަދި ޕްރިޕެއިޑް ކަސްޓަމަރުން #454* އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަމަޟާން މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.
ރަމަޟާން މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތ،ީ މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދ،ީ އެކި އޮފާތައް ވެސް ތައާރަފްކޮށްފައެވެ.