ރޯދަމަހު އެކި ބާވަތްތަކުގެ ކޭކު ތައްޔާރުކުރާއިރު، މަފިން ވެސް ތައްޔާރުކޮށްލަންވާނެއެވެ. އެގޮތުން މިއީ ބްލޫބެރީ މަފިން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
- 1 3/4 ފުށް
- ދެ ސައިސަމުސާ ބޭކިން ޕައުޑަރު
- 1/2 ސައިސަމުސާ ބޭކިން ސޯޑާ
- 1/2 ސައިސަމުސާ ލޮނު
- 3/4 ޖޯޑު ހޯލް މިލްކް ގްރީކް ޔޯގަޓް
- 3/4 ޖޯޑު ހަކުރު
- 2 ބިސް
- 1/3 ޖޯޑު ވެޖެޓެބުލް އޮއިލް
- 1/4 ޖޯޑު ކިރު
- ދެ ސައިސަމުސާ ވޭނީލާ އެސެންސް
- 1 1/2 ޖޯޑު ބްލޫބެރީ
މަފިންގެ މައްޗަށް އަޅާ ކްރަމްބްލް ޓޮޕިންއަށް ބޭނުންވާނީ
- 1/2 ޖޯޑު ފުށް
- 1/3 ޖޯޑު ބްރައުން ޝުގާ
- 1/4 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
- 4 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓާ (ފިނިކޮށް)
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ، 226 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރަން ޖައްސާނީއެވެ. އަދި މަފިން ޓްރޭއެއްގައި ތެޔޮފޮދެއް ހާކައި، މަފިން މިކްސް އަޅަން ތައްޔާރުކޮށްފައި ބަހައްޓާށެވެ.
ދެން ތައްޔާރުކުރާނީ ކްރަމްބްލް ޓޮޕިންއެވެ. ބޯތަށްޓެއްގައި ފުށާއި ބްރައުން ޝުގާއާއި ފޮނިތޮށި އެއްކޮށްލާށެވެ. އެއަށްފަހު އަތުން ނުވަތަ އުލެއް ބޭނުންކޮށްގެން، ބަޓާ އެއްކޮށްލާށެވެ.
އެއަށްފަހު މަފިން މިކްސް ހަދާނީއެވެ. ބޯތަށްޓެއްގައި ފުށާއި ބޭކިން ޕައުޑަރާއި ބޭކިން ސޯޑާއާއި ލޮނު އެއްކޮށްލާށެވެ.
އިތުރު ބޯތަށްޓެއް ނަގައި، ޔޯގަޓާއި ހަކުރާޢި ބިހާއި ވެޖިޓެބުލް އޮއިލްއާއި ކިރާއި ވެނީލާ އެއްކޮށްލާށެވެ.
ބްލޫބެރީތައް ތަށްޓަކަށް އަޅައި، 1/2 ސައިސަމުސާގެ ފުށް އަޅައި، ބްލޫބެރީގައި ހާކާލާށެވެ.
އެއަށްފަހު ކުރިން އެއްކުރި ފުށް މިކްސްއާއި ޔޯގަޓް މިކްސް އެއް ތަށްޓަކަށް އަޅައި، މިކްސްކުރާނީއެވެ. ރަނގަޅަށް އެއްވުމުން، ދެން ބްލޫބެރީ އަޅައި އެއްކޮށްލާނީއެވެ. އެހާ ހިސާބުން މަފިން މިކްސް ތައްޔާރުވީއެވެ.
މަފިން ޓްރޭއަށް އަޅާއިރު، 1/3 ޖޯޑު މެޝަރިން ކަޕްއެއް ބޭނުންކުރުމުން، ރަނގަޅު ސައިޒެއްގެ މަފިން ތައްޔާރުކުރެވޭނެއެވެ. އެ މިކްސް އެޅުމަށްފަހު އޭގެ މައްޗަށް ކްރަމްބްލް ޓޮޕިން އަޅާލަށެވެ.
އަވަނުގައި މަފިން ފިހޭނީ 17-20 މިނެޓަށެވެ. މަފިން ރަނގަޅަށް ފިހެވިއްޖެތޯ ބަލަން، އިލޮށިކޮޅެއް ކޮށްޕައިފައި، އެއްވެސް ވަރަކަށް ފުށްގަނޑު ހޭކޭތޯ ބެލޭނެއެވެ.
މަފިން ފިހެ ނިމުމުން އަވަނުން ނަގައި، ޓްރޭއިން ނެގުމުގެ ކުރިން ކުޑަކޮށް ހިހޫ ވަންދެން ގާތްގަނޑަަކަށް 10 މިނެޓަށް މަޑުކޮށްލަންވާނެއެވެ.
މަފިން ތައްޔާރުކުރާ ވަގުތަކު ކެއުމުގެ އިތުރަށް، ގިނަ ވެގެން ތިން މަސް ވަންދެން ގަނޑުކޮށްފައި ބެހެއްޓޭނެއެވެ. އެގޮތަށް ގަނޑު ކުރާނަމަ، ފްރީޒަރުން ނަގައި، ދެތިން ގަޑިއިރު ވަންދެން ބަހައްޓަން ވާނެއެވެ. އެއަށްފަހު މައިކްރޯވޭވެއްގައި 30 ސިކުންތަށް ހޫނުކުރުމުން އަނެއްކާވެސް ކާން ތައްޔާރުކުރެވުނީއެވެ.