ޔޫކޭގައި ތަމްރީނު ކޯހެއް ހެދުމަށް ސްކޮލަޝިޕް ސްކީމަށް ކުރިމަތިލާން ސްޓެލްކޯއިން މިއަދު ހުޅުވާލައިފިއެވެ.
ސްޓެލްކޯއިން ސްކޮލާޝިޕަށް ހުޅުވާލީ ބެޗެލާސް ޑިގްރީ ލެވެލްގެ ކޯހެއް ހެދުމަށް ކަމަށްވާއިރު، ދެ ދާއިރާއަކަށް ކުރިމަތިލާން ހުޅުވާލާފައިވެއެވެ.
އޭގެތެރޭގައި، އިލްކެޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިއަރިންނާއި މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާ ހިމެނެއެވެ.
އެ ދާއިރާތަކުން ޖުމުލަ ހުޅުވާލީ ތިން ޖާގައެކެވެ. އެއީ އިލްކެޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިއަރިން ކޯހުގެ އެއް ޖާގައަކާއި މެކޭނިކަލް އިންޖިނިއަރިންގެ ދެ ޖާގައެކެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓް އަދި 3338480 ނުވަތަ 3338236 އަށް ގުޅައިގެން ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އެކި ޕްރޮގްރާމުތައް ހިންގައެވެ.