ދިވެހީންގެ ތެރޭގައި މަގުބޫލު އަދި ގިނަ ބަޔަކު އިންތިޒާރުކުރާ ދިރާގު ތަށިބަރި މޫވްމަންޓް މި ރަމަޟާން މަހު ވެސް ފޯރިއާއެކު ކުރިޔަށް ގެންދަން ފަށައިފިއެވެ.
ދިރާގުން ބުނީ މި ރަމަޟާން މަހު ދިރާގުގެ ޓީމުތަކުން މަގުމައްޗަށް ނިކުމެ ދިރާގު ތަށިބަރިތައް އާންމުންގެ ގިނަ ފަރާތްތަކަކަށް ހަދިޔާކުރަމުން ދާކަމަށެވެ.
އެކި އުމުރުފުރާތަކުގެ މީހުން ތަށިބަރިތައް ބަހާއިރު މި ތަށިބަރިތައް ލިބޭ ފަރާތްތަކުން މި އާދަކާދަ ދަމަހައްޓައި، އެ ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާއެކު ހަދިޔާކުރަމުން ދާކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ދިރާގުގެ ތަށިބަރި މޫވްމެންޓަކީ 2017ވަނަ އަހަރު ދިރާގުން ދިވެހީންގެ ތެރޭގައި ކުރީގައި އޮތް، އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ.

ދިރާގުގެ ތަށިބަރި ހަރަކާތް ފޯރިއާއެކު ކުރިއަށް --- ފޮޓޯ/ ދިރާގު
މިހާރު މި ހަރަކާތް ދިވެހީންގެ ތެރޭގައި މަގުބޫލުވެފައި ވާކަމަށާއި މި ހަރަކާތާ ނުލައި ރަމަޟާން މަސް ފުރިހަމަ ނުވާނެ ކަމަށް ދިރާގުން ބުނެއެވެ.
އަދި އެހެން ކުންފުނިތަކާއި އޮފީސްތަކުން ވެސް ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުން ދާކަން ވެސް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.