ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
އެއީ މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިޔަށް ގެންދާ ހާއްސަ އޮފާއެކެވެ.
ދިރާގުން ބުނީ ސްޓްރީމްކުރުމަށާއި ބްރައުސްކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުންބަދަހިކުރުމަށް ކަމުގައިވިޔަސ،ް ދިރާގުގެ ޑޭޓާ އެޑް އޮންތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށެވެ.
އަދި ދިރާގުގެ ޑޭޓާ ޕެކްތަކުގެ ތެރެއިން 100ޖީބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކަކަށްވާއިރު ރަމަޟާން މަހު ދިރާގުން އެ ޕެކޭޖްތައް އެކްޓިވޭޓްކުރުމުން ދޭ އޮފާއާއެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ދިރާގުން ބުނީ، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ދިނުމަށް ދިރާގުން ކަނޑައަޅާފައިވާކަމަށެވެ. އެއީ ރާއްޖޭގެ ރީތި މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ލިބޭނެ އަގުހުރި ފުރުސަތެއްކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.
މެޖިކް ޑޭޓާގެ އޮފާއަކ،ީ ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފާއެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެ ކުންފުންޏަކީ، ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައ،ި ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ އެ ފަދަ ދެވަނައެއް ނުވާ ކުންފުންޏެއްކަމަށެވެ.