އިބްރާހީމްގެ ފިލްމާ ގުޅިގެން އެކްޓަރުގެ ސިފަޔަށް ފާޑުކިޔުމުން އިންޒާރުގެ މެސެޖުތަކެއް

ފިލްމު "ނާދާނިޔާން"ގެ އެކްޓަރު އިބްރާހީމް އަލީ ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި މަހުގެ ހަތް ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ނާދާނިޔާން"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި އިބްރާހީމް އަލީ ޚާން ޕާކިސްތާނުގެ ފިލްމު ކްރިޓިކްކުރާ މީހަކަށް އިންޒާރުދީފިއެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް ފުރަތަމަ ފިލްމު "ނާދާނިޔާން"އަށް ފާޑުކިޔަމުން ޕާކިސްތާނު ފިލްމު ކްރިޓިކް ތަމޫރު އިގްބާލް ކިޔާ މީހަކު ވަނީ އިބްރާހީމް ވަނީ ނޭފަތް ރީތި ކުރުމަށް ހާއްސަ ސާޖަރީއެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ފާޑުކިޔުން ފެނުމާއެކު އެ ކަމާ ރުޅި އައިސްގެން އިބްރާހީމް ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ތަމޫރު އިގްބާލަށް އިންޒާރުގެ މެސެޖެއް ފޮނުވާފައެވެ.

އިބްރާހީމްގެ މި މެސެޖުގެ ސްކްރީން ޝޮޓެއް ތަމޫރު ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި އެންމެންނަށް ފެންނާނެހެން ޕޯސްޓުކޮށްފައެވެ. އިބްރާހީމް ފޮނުވި އިންޒާރުގެ މެސެޖުގައި ބުނެފައި ވަނީ، ޕާކިސްތާނު ފިލްމު ކްރިޓިކް ތަމޫރުގެ ނަން އިބްރާހީމްގެ ކޮއްކޮ ތައިމޫރުއާ ވައްތަރު ނަމަވެސް ތައިމޫރުށް ލިބިފައިހުރި ކަހަލަ ރީތި ސިފައެއް ނުލިބޭ ކަމަށެވެ.

https://www.instagram.com/p/DHL794diYxi/?utm_source=ig_embed&ig_rid=70215071-950f-48f0-8f35-30a84ea7d996

އިބްރާހީމްގެ ސިފަޔަށް ފާޑުކިޔާފައިވާތީ އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ތަމޫރު އިގްބާލްގެ އާއިލާއާ މެދު ދެރަވާ ކަމަށް އިބްރާހީމް ވަނީ ބުނެފައެވެ.

ހަމައެއާއެކު ތަމޫރު މަގުމަތިން ނަމަވެސް ފެނިއްޖެނަމަ ސިފަ ހުތުރުވުމަކީ ހަގީގަތުގައި ކޮބައިކަން އޭނާއަށް ވަރަށް ރަނގަޅަށް ދައްކާލާނެ ކަމަށް ބުނެ އިބްރާހީމް ވަނީ އިންޒާރުދީފައެވެ.

މި މެސެޖުތަކާ ގުޅިގެން އިބްރާހީމަށް ސަޕޯޓުކުރާ ބައެއް މީހުން ބުނެފައި ވަނީ ފިލްމަށް ފާޑުކިޔުން އެންމެ ރަނގަޅު ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ބުރުސޫރައަށް ފާޑުކިޔާ ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ގެނެސްދިން ފިލްމު "ނާދާނިޔާން"އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އިބްރާހީމާއެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެނުނީ ކުރީގެ އެކްޓަރު ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ.

comment ކޮމެންޓް