ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހިކުމާ އަހްމަދު އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހިކުމާ އަހްމަދު އައްޔަންކުރެއްވުން --

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ހިކުމާ އަހްމަދު މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިކުމާ އަހްމަދު ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތިފުޅުގައި، ހިކުމާ އަހްމަދަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީއުއެވެ. އަދި، މަޤާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ހުކުމާ އަހްމަދާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ހިކުމާ އަހްމަދު މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު 2020އިން 2024އަށް އަދާކުރައްވާފައެވެ. އަދި ޙިކުމާ އަޙްމަދު ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.

comment ކޮމެންޓް