ދިރާގު ފުވައްމުލަކު ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާން ދެ ދުވަސް!

ދިރާގު ރޯޑް ރޭސްގެ ތެރެއިން --- ފޮޓޯ/ ދިރާގު

މިއަހަރުގެ ދިރާގު ފުވައްމުލަކު ރަންގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި ހަމަވާން ދެ ދުވަހަށް ވެއްޖެއެވެ.

މިއީ ދިރާގު ރޯޑް ރޭސްގެ އައު އެޑިޝަނެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ދުވުމުގައި ފަހަކާއި 10 ކިލޯމީޓަރުގެ ހާފްމެރަތަން ކެޓަގެރީތަކުގައި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓާ ގުޅިގެން ކުރިއަށްދާ މި ރޭސް ބާއްވާނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހެވެ.

މި ދުވުން ފުވައްމުލަކުގައި ބާއްވަނީ އެ ސިޓީއަކީ ދުވުންތެރިންނަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކަމަށާއި ދިވެހި ދުންވުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، އަދި ލޯކަލް ޓޫރިޒަމް ފުޅާކުރުމަކީ ވެސް މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދެއްކަމަސް ދިރާގުން ބުންޏެވެ.

ދިރާގު ރޯޑް ރޭސްގެ ތެރެއިން --- ފޮޓޯ/ ދިރާގު

މި ދުވުމުގައި ބައިވެރިވެ، ވަނަތައް ހޯދާ މީހުންނަށް ދިރާގުން ވަނީ ބޮޑެތި އިނާމުތަކެއް ދޭން ނިންމާފައެވެ. އެގޮތުން، ވަނަތަކަށް ހޮވޭ މީހުންނަށް ޖުމުލަ 232،000 ރުފިޔާ ދޭން ނިންމާފައިވެއެވެ.

ދިރާގުން ބުނީ މި ރޭސް ފުވައްމުލައް ސިޓީގައި ބޭއްވި ނަމަވެސް އޮކްޓޯބަރު 24ގައި ހުޅުމާލޭގައި ވެސް ބާއްވާނެ ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ދޭން ހަމަޖެހިފައިވާ އިނާމުތައް:

ހާފް މެރަތަން (18 އަހަރުން މަތި)

  • އެއްވަނައަށް - 25،000 ރުފިޔާ
  • ދެވަނައަށް - 15،000ރުފިޔާ
  • ތިންވަނައަށް- 10،000ރުފިޔާ

10 ކިލޯމީޓަރުގެ ދުވުން (16 އަހަރުން މަތި)

  • އެއްވަނައަށް 10،000 ރުފިޔާ
  • ދެވަނައަށް - 8،000 ރުފިޔާ
  • ތިންވަނައަށް- 6،000 ރުފިޔާ


ފަސް ކިލޯމީޓަރުގެ ދުވުން

  • އެއްވަނައަށް - 10،000 ރުފިޔާ
  • ދެވަނައަށް - 8،000 ރުފިޔާ
  • ތިންވަނައަށް - 6،000 ރުފިޔާ

ފަސް ކިލޯމީޓަރު (13 އަހަރުން ދަށް)

  • އެއްވަނައަށް 5،000 ރުފިޔާ
  • ދެވަނައަށް -3،000ރުފިޔާ
  • ތިންވަނައަށް 1،000ރުފިޔާ

ފަސް ކިލޯމީޓަރު (13 އަހަރުން މަތި)

  • އެއްވަނައަށް 5،000 ރުފިޔާ
  • ދެވަނައަށް -3،000ރުފިޔާ
  • ތިންވަނައަށް 1000ރުފިޔާ

ދިރާގުން ބުނީ މި ރޭހުގެ ތައްޔާރީތައް މިދިޔަ އަހަރުގެ ކުރީކޮޅުން ފަށައިފައިވާ ކަމަށެވެ.

comment ކޮމެންޓް