މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަޙްމަދު ނަރީޝް --

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވައިފައެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ނަރީޝް އައްޔަންކުރައްވައިފައިވަނީ މިނިސްޓަރު ފެންވަރުގައިި، މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށެވެ.

ނަރީޝް އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މިނިސްޓަރު ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން މި ސަރުކާރުގެ މަގާމުތަކަށް މިހާރު ވަނީ އައްޔަންކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވައެވެ.

އިސްލާމިކް މިނިސްޓްރީގައި މިނިސްޓަރު ފެންވަރުގައި ޝެއިޚް މުޙައްމަދު ލަޠީފަށް ވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ދެއްވައިފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގައި މިނިސްޓަރު ފެންވަރުގައި މުޙައްމަދު ޠަލާލް ވަނީ އައްޔަންކުރައްވައިފައވެެ.

މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމާއި، ގައުމީ ޔުނިވާސިޓީއާއި، އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަކީ ވެސް މިނިސްޓަރު ފެންވަރުގެ މަގާމެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހެވެ.

ސޯޝަލް މީޑިއާގައި ނަރީޝް ހާމަކުރެއްވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން މަގާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލެއްވުމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ. އެ މަގާމަށް ނަރީޝްއާ އޭރު ވާދަކުރީ އެމްޑީޕީގެ ޓިކެޓުގައި މަންޗަންގޯޅީ މެދު ދާއިރާއަށް އިންތިޚާބުވި، މިހާރުގެ މަޖިލިސް މެންބަރު އަހުމަދު ޒަމީރެވެ. ނަރީޝަށް 12 ވޯޓު ލިބުނުއިރު އަހުމަދަށް ލިބުނީ ހަތް ވޯޓެވެ.

އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ.

ނަރީޝްގެ އިސްތިއުފާ ސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ތައުރީފުކުރައްވައިފައެވެ.

comment ކޮމެންޓް

comment ނަސްމި

1 month 6 day ago

މިދިޔަ މަހު ކުޑަކޮށް އިތުރުވި ދައުލަތުގެ އާމްދަނީ އިން ނަރީޝްއަށް ބޮޑު ވަޒީފާއެއް؟ ސަޅި.

comment ދީދީ

1 month 6 day ago

ބައިތުމާލުގަ އެއްޗެއް ނެތަސް ތިޔަ ސިޔާސީ މީހުން ގިނަކިރެވޭތޯބާލާތި. މިހިރީ ހަރަދުކުޑަކުރަން ދަންނަބޭކަލެއް އަހަރެމެންނަށް ލިބިފައި.

comment އަތުންގުނާލާނީ

1 month 6 day ago

ޗާޕުކޮށް ނިމެންވާއިރަށް ފައިސާ ގުނާ މެޝިނެއް ހޯއްދެވީ.

comment ދިލްސާ

1 month 6 day ago

މިއައްވުރެ ގޮތްކުޑައެހެން ވެރިކަމެއްނުދެކެން އެއްވެސްވަރަކައް ރައްޔަތުންނާމެދު ނުވިސް ކޮންމެސިއާސީމީހަކައް ބޮޑުމުސާރަޔާ ފުލެޓާގޯއްޗާއެކު ދައުލަތްވެސްލޫޓުވަންވީ

comment ޔަމްޒީދު

1 month 6 day ago

ޚަރަދު ކުޑަކުރާގޮތް ދަސްކުރައްވާ ހުރިހާ ބޭފުޅުންވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން. ވަރަށް މުހިންމު އިގްތިސާދީ ފިޔަވަޅުތައް މިހުންނަނީ، ދައުލަތެއްގެ ދަރަނި 13 ބިލިއަނަށް އެރީމަވެސް. މިގޮތަށް ކުރިޔަށް ވަޑާގަންނަވާ ހުރިހާ ބޭފުޅުންވެސް.