ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސަސްގެ މަސައްކަތްތައް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އެ އެޕާޓްމެންޓްތަކަށް ޑިމާންޑް ވަނީ ބޮޑުވެފައެވެ. ނަމަވެސް، އަގުތައް އުފުލުމުގެ ކުރިން، އެޕާޓްމެންޓެއް ޔަގީން ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފައެވެ.
ބްލޫ ލެގޫންގެ އަމަލީ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ވަރަށް ހަލުވި ދުވެއްޔެއްގައެވެ. އެގޮތުން ޑިވެލޮޕަރުން މައުލޫމާތު ދޭ ގޮތުގައި، ފައުންޑޭޝަން މަސައްކަތުގެ ގާތްގަނޑަކަށް 50 އިންސައްތަ މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
މި މަޝްރޫއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އެންމެ ފުރިހަމަ މަރީނާ ވިއު ލިބޭ ގިނަ އެޕާޓްމެންޓުތައް މިހާރު ވެސް ލިބެން އެބަހުއްޓެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމުގެ މަސައްކަތް ނިމެންވާއިރަށް، އެންމެ ޑިމާންޑް ބޮޑު ޔުނިޓުތައް އެއްކޮށް ވިކި ހުސްވާނެ ކަމަށް ބްލޫ ލެގޫންގެ ސޭލްސް ޓީމުން އަންދާޒާ ކުރެއެވެ.
އެހެންކަމުން، މިއީ ހިތްހަމަޖެހޭ ފަދަ ޔުނިޓެއް އިޚުތިޔާރުކުރުމަށް ލިބޭނެ އެންމެ ފަހު ވަގުތުކޮޅެވެ.
ދުނިޔޭގެ މަސްރަހާއި އިމާރާތްކުރުމުގެ އަގުތައް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އިގުތިސާދަށް ވަނީ ބަދަލުތައް އަންނަން ފަށައިފައެވެ. އެގޮތުން އިމާރާތް ކުރުމުގެ ދާއިރާއަށް ބަލާއިރު ވެސް، ތެލުގެ އަގު ބޮޑުވުމާއި، މުދާ އުފުލުމަށް ބުރޫ އެރުމުގެ ދަތިތައް ވަނީ ދިމާވެފައެވެ.
އެ ބަދަލުތަކާއެކު، ބްލޫ ލެގޫންގެ ޑިވެލޮޕަރުން ވަނީ، އެޕާޓްމެންޓްތަކުގެ އަގު ކުރިއަށް އޮތް މަސްތަކުގައި ބޮޑުކުރަން މަޖުބޫރުވާނެކަން ފާހަގަކޮށްފައެވެ. ނަމަވެސް މިހާރު އެޕާޓްމެންޓް ގަންނަ ފަރާތްތަކަށް، މި ވަގުތު ހުރި އަގުތަކުގައި ޔުނިޓުތައް ކަށަވަރުކުރެވޭނެއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، މިއީ ރަނގަޅު އިންވެސްޓްމެންޓަކަށް ވާނެއެވެ.
''އާލީ ބާޑް މަރުހަލާ''ގެ މުއްދަތު އިތުރުކުރުން
ބްލޫ ލެގޫންއިން މިހާރު ވަނީ، އެންމެ އަވަހަށް އެޕާޓްމެންޓް ގަންނަ ފަރާތްތަކަށް ހުޅުވާލައިފައިވާ "އާލީ ބާޑް" މަރުހަލާގެ މުއްދަތު އަންނަ އަންގާރަ ދުވަސް ކަމަށްވާ، 31 މާރިޗުގެ ނިޔަލަށް އިތުރުކޮށްފައެވެ. މީގެ ކުރިން މުއްދަތު ދީފައި އޮތީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ނަމަވެސް، ދުވަސްތައް އިތުރުކޮށްފައިވަނީ ފިތުރު އީދުގެ ބަންދާ ގުޅިގެން ބޭންކުތައް ބަންދުވުން ފަދަ ކަންކަމަށް ރިއާޔަތްކޮށްފައެވެ.
ބްލޫ ލެގޫންގައި ތަފާތު ހަތަރު ބާވަތެއްގެ އެޕާޓްމަންޓްތައް ޚާއްސަ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި:
· 2 ކޮޓަރީގެ އެޕާޓްމަންޓް (1035 އަކަފޫޓު) – ފެށޭ އަގަކީ 4.02 މިލިއަން ރުފިޔާ
· 2 ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓް (1280 އަކަފޫޓު) – ފެށޭ އަގަކީ 4.25 މިލިއަން ރުފިޔާ
· 2+1 ކޮޓަރީގެ އެޕާޓްމަންޓް (1340 އަކަފޫޓު) – ފެށޭ އަގަކީ 5.57 މިލިއަން ރުފިޔާ
· 3 ކޮޓަރީގެ ރެސިޑެންސަސް (1,815 އިން 1,875 އަކަފޫޓަށް) – ފެށޭ އަގަކީ 7.49 މިލިއަން ރުފިޔާ
މިއީ ހުޅުމާލޭގައި މިހާރު ލިބެން ހުރި އެންމެ ޖާގަ ތަނަވަސް އަދި ފުރިހަމައަށް ފަރުމާކޮށްފައިވާ އެޕާޓްމަންޓްތަކެވެ. ކޮންމެ އެޕާޓްމަންޓެއްވެސް ފަރުމާކޮށްފައިވަނީ އާއިލާތަކަށް ދިރިއުޅެން ފަސޭހަވާނެ ގޮތަށެވެ.
ދުނިޔޭގެ ފެންވަރުގެ ފަރުމާއަކާއި ފުރިހަމަ ވަސީލަތްތައް
ބްލޫ ލެގޫން ފަރުމާކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު އަދި އިންޑިއާގައި އެންމެ ކާމިޔާބު އެއް އާކިޓެކްޗަރަލް ކުންފުނި ކަމަށްވާ ހަފީޒް ކޮންޓްރެކްޓާއިންނެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި އިމާރާތްތައް ފަރުމާކޮށްފައިވާ ތަޖުރިބާކާރު ކުންފުންޏެވެ.
އެ ކުންފުނިން ފަރުމާކުރާ ބްލޫ ލެގޫން ހުންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މެރީނާ ސަރަހައްދުގައެވެ. އެގޮތުން އަށާރަ ފަންގިފިލާގެ ދެ ޓަވަރު ކަމަށްވާ "ކޯރަލް" އަދި "ޕާލް" މި މަޝްރޫއުގައި ހިމެނެއެވެ. އަދި ތިން ފަންގިފިލާގެ އޯޕަން ކޮންސެޕްޓް މޯލްއެއް ވެސް ހިމެނޭއިރު، އޭގެ ސަބަބުން އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ލިބޭނެއެވެ.
ބްލޫ ލެގޫންގެ ގިނަ އެޕާޓްމެންޓްތަކުން މެރީނާގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުންނައިރު، އެޕާޓްމެންޓުތައް ފަރުމާކޮށްފައިވަނީ ގުދުރަތީ އަލިކަން ލިބި، ފުރިހަމައަށް ވައި ދައުރުވާނެހެންނެވެ.
ބްލޫ ލެގޫންގެ ވަސީލަތްތަކަށް ބަލާއިރު:
· އެޕާޓްމެންޓުތަކުގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށް 16,500 އަކަފޫޓުގެ ކްލަބްހައުސްއެއް
· ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއް
· 4500 އަކަފޫޓުގެ ޕާކެއް
· ކުޑަކުދިން ކުޅޭ ސަރަހައްދެއް
· ޑޭކެއާ ސެންޓަރެއް
· ޕްރައިވެޓް ތިއޭޓަރެއް
· މަލްޓި-ޕާޕަސް ހޯލެއް
· ކޮންފަރެންސް ރޫމެއް
· ފުރިހަމަ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ޖިމެއް
މީގެ އިތުރުން، 18 ވަނަ ފަންގިފިލާގައި 24,000 އަކަފޫޓުގެ ބޮޑު ޓެރަސް ގާޑަންއެއް ހަދާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ޓެރަސް ގާޑަންއެވެ. މިތަނުގައި ހިޔާކޮށްފައިވާ އިށީންނަ ތަންތަނާއި، ޖޮގިން ޓްރެކަކާއި ބޮޑު ސްވިމިން ޕޫލެއްވެސް ހިމެނެއެވެ. ކޮންމެ ފަންގިފިލާއެއްގައިވެސް ޕްރައިވެޓް ލޮބީއެއް ހުންނައިރު، އެއް ލޮބީއެއް ހިއްސާކުރާނީ އެންމެ ދެ ނުވަތަ ހަތަރު އެޕާޓްމަންޓުންނެވެ. މިއީ ދިރިއުޅޭ ފަރާތްތަކުގެ ޕްރައިވެސީއާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެ މުހިންމު ސިފައެކެވެ.
މިހާރުން މިހާރަށް ނިންމުން ނިންމަވާ
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި، ބްލޫ ލެގޫންއިން އެޕާޓްމަންޓެއް ގަތުމަކީ ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އާލީ ބާޑް މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މިއީ ހެޔޮ އަގުގައި ލަގްޒަރީ ދިރިއުޅުމެއް ޚިޔާރުކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. ދެ ޓަވަރުންވެސް ޕްރީމިއަމް ޔުނިޓުތަކެއް އަދިވެސް ލިބެން ހުރި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި މި އަދަދު މަދުވާނެކަމަށް ބެލެވެއެވެ.
އެހެންކަމުން، ލަގްޒަރީ ދިރިއުޅުމަކާއި ދިގު މުއްދަތުގެ ފައިދާ ހޯއްދެވުމަށްޓަކައި، މިއަދުވެސް ބްލޫ ލެގޫންގެ ސޭލްސް އޮފީހަށް ގުޅުއްވައިގެން އެޕޮއިންޓްމަންޓް ހައްދަވާށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް 9532525 އަށް ގުޅުއްވާށެވެ.