މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދަމު ނަމާދުކުރަން މާލެ ސަރަހައްދުގެ 34 މިސްކިތެއް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރާ މިސްކިތްތަކުގެ ލިސްޓު އާންމުކޮށްފައެވެ.
އެގޮތުން މާލޭގެ 21 މިސްކިތެއް، ވިލިމާލޭގެ ތިން މިސްކިތެއް، ހުޅުމާލެ ފޭސް އެކެއްގެ ހަ މިސްކިތެއް އަދި ހުޅުމާލެ ފޭސް ދޭއްގެ ހަތަރު މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.
މާލޭގައި ދަމުނަމާދު ކުރާ މިސްކިތްތައް:
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުލްމަލިކި ސަލްމާން
- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
- މަސްޖިދުލްފުރްޤާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- ވަގުތީމިސްކިތް (ބޮޑުގެ)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
- މަސްޖިދު ޢަފީފުއްދީން
- މާފަންނު އާމިސްކިތް
- މަސްޖިދުއްޛިކްރާ
ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދަމުނަމާދު ކުރާ މިސްކިތްތައް:
- މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) - ހުޅުމާލެ ފޭސް 1
- މަސްޖިދު ރަޝީދު - ހުޅުމާލެ ފޭސް 1
- މަސްޖިދު ޢަޒީޒާ މޫސާ - ހުޅުމާލެ ފޭސް 1
- މަސްޖިދުލްއަޞްދިޤާ - ހުޅުމާލެ ފޭސް 1
- މަސްޖިދުލްވާލިދައިނި - ހުޅުމާލެ ފޭސް 1
- މަސްޖިދު މުޙައްމަދު - ހުޅުމާލެ ފޭސް 1
- މަސްޖިދު ޙަސަން ޢާދަމް - ހުޅުމާލެ ފޭސް 2
- މަސްޖިދު އަމީލް ޖަލީލް - ހުޅުމާލެ ފޭސް 2
- މަސްޖިދު އަބީބަކުރިނިއްޞިއްދީޤް - ހުޅުމާލެ ފޭސް 2
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން - ހުޅުމާލެ ފޭސް 2
މީގެ އިތުރުން ވިލިމާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލްއިޚްލާސްގައެވެ.
މި ރަމަޟާންމަސް ފެށުނު ފަހުން މާލޭގެ 24 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ކުރެއެވެ. އަދި މިއަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޒުން ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރެއެވެ.