ރެޖިސްޓްރާ އޮފް ކޮންޕަނީސްގެ މަގާމަށް ޝަމްއާ އައްޔަންކޮށްފި

ރެޖިސްޓްރާ އޮފް ކޮންޕެނީސްގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާޢީލް މިއަދު އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރިކަން ހާމަކުރައްވާ އިކޮނޮމިކް މިނިސްޓާ މުޙައްމަދު ސައީދު ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަމްއާއަށް މަރުޙަބާ ދަންނަވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޝަމްއާ ވަނީ 2004ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާ އޮފް ލޯސް ހާސިލްކުރައްވައިފައެވެ. އަދި 2021ވަނަ އަހަރު ކޮންސިއުމާ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވާފައި ވާއިރު، އޭގެ ކުރިން ޝަމްއާ ހުންނެވީ އިގުތިސޯދީި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލީގަލް ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ.

އަދި މީގެ އިތުރުން ޝަމްއާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމު ވެސް ކުރިން އަދާކުރައްވާފައެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް މި މަހު ފަސްވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް