Ooredoo
Ooredoo

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދެ ދުވަސް ދީފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދެ ދުވަސް ދީފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވައިލައި، ދެ ދުވަސް ދީފިއެވެ.

ADK GENERAl

އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައި ވަކަމަށެވެ. އަދި އަންނަ ބުދަ ދުވަހުގެ ކުރިން އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވެސް ސްޕެންޑުކުރިއެވެ. އޭނާ އިސްތިއުފާ ދެއްވީ ސަސްޕެންޝަނުގައި ހުންނަވަނިކޮށެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދުމުން، އެކަމާ ގުޅޭ އަޑުއެހުމެއް ތާވަލުކުރިއެވެ. އެހެންނަމަވެސް ހަމަ އެ ދުވަހު ހެނދުނު، ވެރިކަން ކުރާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ.

ޖުމްލަ 79 މެންބަރުން އެދުވަހު މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

Redstar
comment ކޮމެންޓް

comment ލލ

3 week 5 day ago

ސުޕްރިމް ކޯޓަށް ފަޑިޔާރުން އައްޔަން ކުރަނީ ރައީސުލްޖުމުހޫރިޔާ ޖޭއެސްސީޔަށް ފޮނުވާ ނަމެއްނުންތޯ !