މ. މުލަކުން މިފަހަރު ގެނެސްދެނީ ވަރަށް ތަފާތު ނަމެއް ކިޔާ ކެއުމެކެވެ. ޒަމާނުއްސުރެ، ބަނބުކެޔޮ މޫސުމުގައި އެ ރަށުގައި ތައްޔާރުކުރާ ކެއުމެކެވެ.
ބޭނުންވާ ތަކެތި
- ބަނބުކެޔޮ (ކުދިކޮށް ކޮށާފައި)
- ފެންކިރު
- ލޮނު
- ވަޅޯމަސް (ކޮށާފައި)
- ހިކަނދި ފަތް
- ރާނބާފަތް
- ރީނދޫ
ހަވާދު ތައްޔާރު ކުރުމަށް:
- ހިކަނދި ފަތް
- ހިކިމިރުސް
- އަސޭމިރުސް
- ފޮނިތޮށި
- ކާފޫރުތޮޅި
- ކޮތަނބިރި
- ދަވިއްގަނދު
- ލޮނުމެދު
- ފިޔާ
- ކާށި (ކޮށާފައި)
- ހުނި
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ކާށިކޮޅު ތަވައަކަށް އަޅައި، މުށި ކުލަ އަރަންދެން މަޑު ގިނީގައި ހޫނުކުރާނީއެވެ. މިއީ ގާތްގަނޑަކަށް 30 މިނިޓު ނަގާނެ ކަމެކެވެ.
އެއަށްފަހު އެ ކާށިކޮޅާއި، ހަވާދުގަނޑު ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް މިކްސަރަށް އަޅައި މުގުރާނީއެވެ. އެހާ ހިސާބުން ހަވާދު ތައްޔާރުކުރެވުނީއެވެ.
އެއަށްފަހު ބޮޑު ބޯތައްޓެއްގައި ބަނބުކޭލާއި، ހިކަނދިފަތާއި ރާނބާފަތާއި ކޮށާފައި ހުރި ވަޅޯމަހާއި ހަވާދު އަޅައި އެއްކޮށްލާށެވެ.
ދެން ކާށިކިރު ތެރެއަށް، ދޮވެފައި ހުރި ހަނޑޫކޮޅު އަޅާލާނީއެވެ. ދެން ބަތް ކެއްކުމަށް ތެލި އުދައި، ރަހަލާ ވަރަށް ލޮނުކޮޅެއް އަޅައިލާނީއެވެ.
ބަތް ކެކެން ފެށުމުން އޭގެ ތެރެއަށް، ހަވާދާ އެއްކޮށްފައި ހުރި ބަނބުކެޔޮ އަޅައިލާށެވެ. އެއަށްފަހު ބަތް ކެކި، ބަނބުކެޔޮ މަޑު ވަންދެން ކެއްކުމުން، މި ކެއުން ތައްޔާރުކުރެވުނީއެވެ.