ރާއްޖޭގެ އިސްލާމީ މާލީ ނިޒާމުގެ ފެށުން އަދި އިސްލާމީ އުސޫލުން މާލީ ހިދުމަތްދޭ އެންމެ ބޮޑު އިދާރާ ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު ފުރިއްޖެއެވެ. ކުޑަ ގޮތަކަށް ވިޔަފާރި ފެށި މި ބޭންކު ރާއްޖޭގައި ކާމިޔާބުވާނެ ކަމާއިމެދު އޭރު ބައެއް ބޭފުޅުންގެ ހިތުގައު ޝައްކުތަކެއް އޮތް ނަމަވެސް އެންމެ 14 އަހަރު ތެރޭ އެ ބޭންކުން ވަނީ ޒަމާންވީ ބޭންކުތަށް ފަހަތައް ޖައްސާލާ ރާއްޖޭގެ ބޭންކިންގައި ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ، ރައްކާތެރި އަދި އިތުބާރު ލިބިފައިވާ ބޭންކަށް ވެފައެވެ.
އެމްއައިބީގެ ހިދުމަތް ރާއްޖޭގައި ފެށި ޒަމާނަކީ ދިވެހިން އިސްލާމީ މާލީ ނިޒާމަށް މާ އަހުލުވެރި ޒަމާނެއް ނޫނެވެ. ނަމަވެސް ފުރަތަމަ ދުވަހުވެސް ދިވެހިންގެ ކިބައިން ފެނިގެން ދިޔަައީ އެމްއައިބީއަށް އޮތް އިތުބާރެވެ. ބޭންކު ހުޅުވުމާއިއެކު އެކައުންޓު ހުޅުވުމަށް ދިވެހިން ކިއު ހަދާލިއެވެ. އެންމެ ބްރާންޗަކާއި މަދު ކައުންޓަރުކޮޅަކުން ފެށި ހިދުމަތަށް ފުރަތަމަ ދުވަހުވެސް ބާރު ބޮޑުވިއެވެ.
މަދު ހިދުމަތެއް ދިން ނަމަވެސް އެމްއައިބީގެ ހިދުމަތް ހޯދަމުންދިޔަ ކަސްޓަމަރުންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެބޭންކުގެ އެންމެ ޅަފަތުގައިވެސް ހިޔާރު ކުރީ ޓެކްނޮލޮޖީގެ މަގެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެބޭންކުން ފައިސާ ކާޑުގެ ނަމުގައި ކާޑެއް ތައާރަފްކޮށް އޭޓީއެމްގެ އިތުރުން ރާއްޖެއަށް އަލަށް ވަޔަލެސް ޕީއޯއެސް މެޝިން ތައާރަފްކުރިއެވެ.
ބޭންކުގެ ހިދުމަތް ފުޅާވަމުންދިޔައީ ތަޖުރިބާކާރުން ލަފާކުރިވަރަށް ވުރެ މާ ބާރު ދުވެލީގައެވެ. ދިވެހިންގެ އިތުބާރާއިއެކު އެބޭންކުން ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ލީޑަރަކަށް ވިއެވެ. އެބޭންކުގެ ބުރަ މަސައްކަތާއި ފަންނީ އެހީއާއިއެކު ރާއްޖޭގައި އިސްލާމިކް ބޭންކިންއަށް ބޭނުންވާ އިތުރު ގަވާއިދުތަކާއި ފްރޭމްވޯކުތަށް ވުޖޫދުވިއެވެ. އެއާއިއެކު އެބޭންކުން ރާއްޖޭގެ މާހައުލަށް ހާއްސަ އިސްލާމިކް ފައިނޭންސްގެ އެތަށް ޕްރޮޑަކްޓެއް މާކެޓަށް ނެރުނެވެ. ޓެކްނޮލޮޖީއާއި ރައްޓެހި ޒަމާނަށްފެތޭ މި ޕްރޮޑަކްޓުތަށް ވެގެން ދިޔައީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަ ކޮއްލެވުނު އަދި އެވޯޑުތަކެއްވެސް ހޯދި ޕްރޮޑަކްޓު ތަކަކަށެވެ.
އެމްއައިބީއިން ދިވެހިން އިސްލާމީ މާލީ ނިޒާމަށް ލޯ ހުޅުވުމަށް ކުރަމުން ދިޔަ މަސައްކަތާއިއެކު ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ދިޔައީ ބާރު ދުވެލީގައި ކުރިއަރަމުންނެވެ. ތަކާފުލްގެ ހިދުމަތް ފުޅާވެ ސުކޫކްފަދަ އާލަތްތަށް ތައާރަފްވަމުން ދިޔައެވެ. އިސްލާމީ މާލީ ނިޒާމު ފުޅާވެ އިތުރު ފަރާތްތަކުންވެސް މި ހިދުމަތާއި ގުޅެމުުން ދިޔައެވެ.
އެމްއައބީގެ ފަހަތުން މި ހިދުމަތާއި ގުޅެމުންދިޔަ ފަރާތްތަކުން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އެމްއައިބީއިން ދެމުން ދިޔައީ އުފަލާއިއެކުއެވެ. ޒަމާނަށް އަންނަމުން ދިޔަ ބަދަލާއިއެކު ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ދެމުންދާގޮތް ނުހަނު ބޮޑަށް ބަދަލުވިއެވެ. މި ބަދަލަށް އެންމެ ބޮޑަށް ހޭނުނު ބޭންކަކީ އިސްލާމިކް ބޭންކޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުން އެބޭންކުން 2023 ވަނައަހަރު ތައާރަފްކުރިއިރު ވިޔަފާރިތަކަށްވެސް މި ހިދުމަތް ތައާރަފްކުރި ފުރަތަމަ ބޭންކަކީ އިސްލާކް ބޭންކެވެ. ފައިސާ މޮބައިލް އަދި ފައިސާނެޓުން އިންގިލާބީ ބަދަލުތަކެއް މާކެޓަށް ގެނެސް އެބޭންކުން ދޭ ހުރިހާ ހިދުމަތެއް ހަގީގީ މާނައިގައި ޑިޖިޓަލް ކުރި ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ބޭންކަކީ މޯލްޑިސް އިސްލާމިކެ ބޭނެކެވެ.
ވޭތުވެދިޔަ 14 އަހަރު އެމްއައިބީ ވެފައިވަނީ ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮއްދިނުމުގައިވެސް ފާހަގަ ކޮއްލެވޭ ބޭންކަކަށެވެ. މުޖުތަމައުގައި އެކި ކަންކަމަށް ބޭނުން ޖެހިފައިވާ ކުދިންނާއި އާއިލާތަކުގެ ގާތް މިތުރަކަށެވެ. އެތަށް ބައްޔެގެ ވޭން ތަހައްމަލްކުރަމުންދިޔަ އެތަށް ބައެއްގެ ފަރުވާއަށް އެހީވެދިން މަދަދުގާރަކަށެވެ. ކުޑަ ކުދިންގެ ހިޔާ އަދި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންގެ ކަންކަމަށް އަހައްމިޔަތުކަން ދިން ހަގީގީ އެކުވެރިއަކަށެެވެ.
އެމްއައިބީއަކީ ރާއްޖޭގެ އެކި ފަންނުގެ މީހުންގެ ހުނަރު ކުރިއަރުވަން އެހީވަމުން އަންނަ ބޭންކެކެވެ. އެކި ކުޅިވަރު އިދާރާތަށް އެހީވަމުންއަންނައިރު ރާއްޖޭގެ ތައުލީމީ ނިޒާމަށްވެސް އެބޭންކުން ގިނަ އެހީތެރިކަމެއް ދެއެވެ. ޖުމްލަކޮށް ބަލާއިރު އެމްއަބީއަކީ ރާއްޖޭގެ އިޖްތިމާއީ ކަންކަމަށހޭދައެއްކުރާ ރާއްޖޭގެ ކޮމިއުނިޓީ ބޭންކެވެ. ވަކި ފަންތިއެއް ގިންތިއެއް މިން ކުރުމަކާއިނުލާ ކޮންމެ ފަރުދަކަށްވެސް ހިދުމަތް ހޯދޭ ބޭންކެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން 14 އަހަރު ތެރޭ އެމްއައިބީއިން ރާއްޖެއަށް މި ގެނެސްދިނީ އާދަޔާ ހިލާފު ބޮޑު ބަދަލެކެވެ. މިއަދު އެމްއަބީއަކީ ދިވެހިން އެންމެ އިތުބާރު ކުރާ ބޭންކެވެ. ޝަރިއާ ހުއްދަ ކުރާ އުސޫލުން ރިބާ ނުހިމަނާ މާލީ ކަންކަން ފުރިހަމަވާނެ ކަން ޔަގީންވާ ބޭންކެކެވެ. ބޭންކަށް ނުގޮސް ދުނިޔޭގެ ކޮންމެ ތާކު ހުރިނަމަވެސް ހިދުމަތް ލިބޭނެކަން ޔަގީންވާ ބޭންކެކެވެ. އިންޓަނެޓް ބޭންކިންގެ ރައްކާތެރިކަމާއިމެދު ފުރިހަމަ އިތުބާރު ލިބޭ ބެންކެކެވެ.