ގޭހަށްދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް، ވިއްކުން އަދި ބޭނުންކުރުން މަނާ

ގޭސްޓްރިކަށް ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް، ވިއްކުން އަދި ބޭނުންކުރުން މަނާ

ގޭސްޓްރިކަށް ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ އިންޖެކްޝަން ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މިއީ އެރިސްޓޯ ޕެންޓޮޕް ނަމަކަށް ކިޔާ 40 އެމްޖީގެ އިންޖެކްޝަނެއް ކަމަށެވެ. މި އިންޖެކްޝަނުގެ ބެޗް EMPH243030 ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.

ވީމާ އެއްވެސް ބޭސް ފިހާރައެއް އަދި ސިއްހީ ޚިދުމަތްދޭ ތަނެއްގައި މި އިންޖެކްޝަން ހުރިނަމަ، އެމްއެފްޑީއޭއާ ހިއްސާކޮށް، ބޭސް ނައްތާލުމުގެ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައި ވާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް