އޮސްކާގައި ހެދުންތައް ބިއްލޫރިންނާއި މުތުން!

މި އަހަރުގެ ފިލްމީ ދާއިރާގެ އެންމެ ބޮޑު ރޭ ނިމިގެންދިޔައީ ތަފާތު އެކި ހެދުންތަކާއެކުގައެވެ. ނަމަވެސް މިއަހަރުގެ އޮސްކާ އެވޯޑުގައި މައިގަނޑު އެއް ތީމެއް ފެނިގެން ގޮސްފައިވެއެވެ. އެއީ ބިއްލޫރިއެވެ. މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހެދުންތައް ފަރުމާ ކޮށްފައިވަނީ ބިއްލޫރިންނެވެ.

އޮސްކާ އެވޯޑުގައި އެންމެ ފުރަތަމަ ގިނަ ބައެއްގެ ސަމާލުކަން އަތުލާފައިވަނީ ސެލީނާ ގޮމޭޒް ލައިގެން ހުރި ހެދުމެވެ. މި ހެދުމަކީ ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ ހެދުމެކެވެ. މި ބިއްލޫރިތަކަކީ ފެން ތިކި ތަކެއްހެން ފަރުމާކޮށްފައިވާ ބިއްލޫރިތަކެކެވެ. އަދި މި ހެދުމުގައި ޖުމްލަ 16،000 އަށް ވުރެ ގިނަ ބިއްލޫރިކޮޅު ހިމެނެއެވެ.

ސެލީނާ ލައިގެން ދިޔަ މި ހެދުމަށް އެތައް ބައެއްގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބެމުން ދަނިކޮށް ދެން ފެނިގެން ދިޔައީ އޮސްކާ އެވޯޑުގެ އެންމެ މޮޅު އެކްޓްރެސް އެވޯޑު ހޯދި ހަމައެކަނި ކަޅު ނަސްލުގެ އެކްޓްރެސް ހެލީ ބެރީގެ ހެދުމެވެ.

ހެލީ ލައިގެން ދިޔަ ހެދުމަކީ އެތައް ހާސް ބިއްލޫރި ލޯގަނޑުކޮޅު ހިމެނޭ ހެދުމެކެވެ. އެގޮތުން މި ހެދުން ފުރިހަމަ ކުރުމަށްޓަކައި 7،000 އަށްވުރެ ގިނަ ބިއްލޫރިކޮޅު ބޭނުންކޮށްފައިވެއެވެ. އަދި މި ބިއްލޫރިކޮޅުތައް މުޅި ހެދުމުގެ އެކި ހިސާބުތަކުގައި ބޭނުންކޮށްފައިވެއެވެ.

ދެން އެންމެ ފަހުން ފެނިގެން ދިޔައީ މަގުބޫލު އެކްޓްރެސް ލުޕިތާ އެންޔޯންގޯގެ ހެދުމެވެ. މި ހެދުން ފަރުމާ ކޮށްފައިވަނީ ބިއްލޫރިއަކުންނެއް ނޫނެވެ. އެހެންނަމަވެސް އިތާ މުތުންނެވެ. މި ހެދުން ފުރިހަމަ ކުރުމަށްޓަކައި 22،410 މުތް ބޭނުން ކޮށްފައިވެއެވެ. އަދި މިއީ ޝެނެލްގެ 1991 ވަނަ އަހަރުގެ ކަލެކްޝަންގައި ހިމެނޭ މިފަދަ ހެދުމެއް އަސްލަކަށް ނަގައިގެން ހަދާފައިވާ ހެދުމެކެވެ.

ކޮންމެއަކަސް މި އަހަރުގެ އޮސްކާ ހެދުންތައް ވަނީ އެހެން އަހަރުތަކުގެ އޮސްކާ އާ އަޅާ ބަލާއިރު ބޮޑެތި ތަފާތުތަކަކާއެކު ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް