ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގައި ހުންނެވި އަހްމަދު ނާސިފް ދީދީ އެ މަގާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަންކަމަށް މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މިއަދު ވެމްކޯގެ ޗެއާމަންކަމަށް ނާސިފް އައްޔަންކޮށްފައިވާ ކަމަށް ބުނެފައެވެ.
އެޗްޑީސީގެ ޗެއާމަންކަމަށް ނާސިފް އައްޔަންކުރީ އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެޗްޑީސީގެ މެނޭޖްމަންޓަށް ގެނައި ބަދަލުގެ ތެރެއިންނެވެ.
ނާސިފްވަނީ ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ތިލަފުށި ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ އަދައިކުރެއްވިއެވެ.