ކަރާ ފަޅައިގެން ސުވިޒަލެންޑަށް ދިއުމުގެ ފުރުސަތު

ކަރާ ފަޅައިގެން ސުވިޒަލޭންޑަށް ދިއުމުގެ ފުރުސަތު --- ފޮޓޯ/ ދިރާގު

ރޯދަ މަހަށް ޚާއްސަކޮށްގެން ދިރާގު އެޕުން ކަރާ ފަޅައިގެން ސްވިޒަލެންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ސްވިޒަލެންޑުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެކެވެ.

މި އިނާމުގެ ނަސީބުވެރި ކަސްޓަމަރަށް ދެ މީހަކަށް ސްވިޒަލެންޑު ދެކޮޅު ޓިކެޓާއި ފަސް ރޭގެ ހުރުން ދޭން ދިރާގުން ވަނީ ނިންމައިފައެވެ.

މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތައް ހޮވޭ ކަސްޓަމަރަށް ސްވިޓްޒާލޭންޑަށް ދިއުމަށް ދެ މީހުންގެ ދެކޮޅު ޓިކެޓާއި ފަސް ރޭގެ ހުރުން ދިނުމަށް ދިރާގުން ވަނީ ކަނޑައަޅާފައެވެ.

ދިރާގުން ވަނީ މި ޚާއްސަ އިނާމު ހޯދަން ޝައުގުވެރިވާ ކަސްޓަމަރުން މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު
ދިރާގު އެޕްގައިވާ "ރަމަޟާން އޮފާސް" ބެނާއަށް ފިއްތާލުމުން ފެންނަ، އެ ދުވަހަކަށް ޚާއްސަވާ ކަރާ ފަޅައިލުމަށް އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ދިރާގު އެޕުން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ.

މި އިނާމުތަކުގެ ތެރޭގައ،ި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން އަދި އެއް ޓީބީ ހިލޭ ޑޭޓާ ހިމެނޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގާ ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ.

comment ކޮމެންޓް