ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައި، މި މަހު ބައެއް ޚިދުމަތްތަކުން ޚާއްސަ ޑިސްކައުންޓުތައް ދޭނެކަން އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް ފަށައިފައިވަނީ މާރިޗު 1، 2018ގައެވެ. އެ ހޮސްޕިޓަލަށް ހަތް އަހަރު ފުރުމާ ގުޅިގެން މިމަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން ޑިސްކައުންޓުތައް ދޭން ވަނީ ނިންމައިފައެވެ.
އަހަރީ ދުވަހުގެ ޑިސްކައުންޓްތަކަކީ:
މާރިޗު 1އިން 7އަށް
- ސީޓީ ސްކޭން އަދި އެމްއާރްއައި ޚިދުމަތުން 15 ޕަސެންޓްގެ ޑިސްކައުންޓް
- ބޯން މިނަރަލް ޑެންސިޓީ ޓެސްޓްތަކުން 10 ޕަސެންޓްގެ ޑިސްކައުންޓް
މާރިޗު 8އިން 14އަށް
- ހަންގަނޑު ތާޒާ ކުރުން ނުވަތަ ސްކިން ރިޖޫވިނޭޝަން ޚިދުމަތުން 20 ޕަސެންޓުގެ ޑިސްކައުންޓް
- އެކްނީ ސްކާ ޓްރީޓްމަންޓް ނުވަތަ އޮށާޅަ ލަކުނު ފިލުވުމުގެ ޚިދުމަތުން 20 ޕަސެންޓުގެ ޑިސްކައުންޓް
- ޓެޓޫ ފިލުވުމުގެ ޚިދުމަތްތަކުން 20 ޕަސެންޓުގެ ޑިސްކައުންޓް
މާޗު 15އިން 31އަށް
- ސްކޭލިން ނުވަތަ ދަތް ސާފުކުރުމުގެ ޚިދުމަތުން 15 ޕަސެންޓުގެ ޑިސްކައުންޓް
- ބްލީޗިން ނުވަތަ ދަތް ހުދުކުރުމުގެ ޚިދުމަތުން 15 ޕަސެންޓުގެ ޑިސްކައުންޓް
- ފިޝާ ސީލަންޓް ނުވަތަ ފުޓުނި އެޅުމުގެ ޚިދުމަތުން 15 ޕަސެންޓުގެ ޑިސްކައުންޓް
އެ ޑިސްކައުންޓުތަކާއި ޚިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު 3351630 އަށް ގުޅުމުންނާއި [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ، ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ބުނެފައެވެ. އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ޚާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ޚިދުމަތް ދެނީ 210 އެނދުގެ ކެޕޭސިޓީއާއެކުގައެވެ. އެ ހޮސްޕިޓަލުގައި 30 އަށްވުރެ ގިނަ ސްޕެޝަލިސްޓް ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް މަސައްކަތްކުރެއެވެ. މީގެ އިތުރުން އައިސީޔޫ، ކެތުލެބް، އެންއައިސީޔޫ، އެޗްޑީޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލިސިސް އަދި ކީމޯތެރަޕީގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.
ވޭތުވެދިޔަ އަހަރަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގިނަ ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. މީގެ ތެރޭގައި:
- ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައި.ވީ.އެފް މެދުވެރިކޮށް ކުއްޖަކު ވިހެއުމާއި، އައި.ވީ.އެފް ޚިދުމަތުގެ އިތުރު ކާމިޔާބީ
- 1,000 އަށްވުރެ ގިނަ ކަކުލު ހުޅު ބަދަލުކުރުމުގެ ސަރޖަރީ ކާމިޔާބުކުރުން
- ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކަރެއް ލެއްވުން
- އާދަޔާ ޚިލާފަށް ބޮޑު ޕެރޯޓިޑް ޓިއުމަރެއް ނައްތާލުމަށް ކޮމްޕްލެކްސް ސާޖަރީއެއް ކާމިޔާބުކުރުން
- ފުރަތަމަ ފަހަރަށް ރީނަލް އެންޖިއޯޕްލާސްޓީ (ބެދިފައި ނުވަތަ ބްލޮކްވެފައިވާ ހިތުގެ ލޭހޮޅި ފުޅާކުރާ) ޕްރޮސީޖަރ ކާމިޔާބުކުރުން
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތް ކޭމްޕް ބާއްވައި، 1500 އަށްވުރެ ގިނަ މީހުންނަށް ކޮންސަލްޓަންޓް ޑޮކްޓަރުންނަށް ދައްކާފައިވޭ
- ގޭގައި ތިބެގެން ހެދޭ ހޯމްކެއަރ ފިޒިއޯތެރަޕީ ޚިދުމަތް ތަޢާރަފް ކުރުން
- ގޭގައި ތިބެގެން ހެދޭ ޑަޔަލިސިސް (ޕެރިޓޯނިއެލް ޑަޔަލިސިސް) ތަޢާރަފް ކުރުން
- ޕްރިއިމަރީ ހެލްތުކެއާ ނުވަތަ ފެމިލީ މެޑިސިން ޚިދުމަތް ޓީޓީއެޗް މާލެ ކްލިނިކަށް ފުޅާކުރުން