Ooredoo
Ooredoo

ފެންބޮޑުވެ އައިޖީއެމްއެޗް، ދަރުމަވަންތަ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކޮށްފި

އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައި: ފެންބޮޑުވުމާއެކު އައިޖީއެމްއެޗް، ދަރުމަވަންތަ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކޮށްފި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

މޫސުން ގޯސްވެ، މާލެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދު ބަންދުކޮށްފިއެވެ.

ADK GENERAl

މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އައިޖީއެމްއެޗުން ބުނީ، މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާ ކަމަށެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ހަމަޖެއްސެވުމުންނާއި އަދި ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުވެ، ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި އަދި އެނބުރި ދިޔުމަކީ ތަކުލީފަކަށް ވާނެތީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލްގެ އޯޕީޑީތައް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެހެންނަމަވެސް، އައިޕީޑީ އަދި އިމަޖެންސީގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އައިޖީއެމްއެޗުން ވަނީ ވިއްސާރައިގެ ސަބަބުން ކަނބާއައިސާރަނި ހިނގުމުގައި ފެންބޮޑުވެ، އެ ހޮސްޕިޓަލްގެ މެއިން ގޭޓުން އާންމުންނަށް ވަދެ ނިކުމެ އުޅުމަށް ދަތިވާތީ، ފެންގަނޑު ހިނދެންދެން އިމަޖެންސީ ގޭޓު ބޭނުންކުރުމަށް އެދިފައެވެ.

މޫސުން ގޯސްވެ، ރެއާއި އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފޯރުކޮށްދީފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އިއްޔެ ވަނީ ފެންބޮޑުވެފައެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ މާދަމާއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ވެސް ނެރުނެވެ.

Redstar
comment ކޮމެންޓް

comment ދޮލަނގު

4 week 6 day ago

ވާރޭ ވެހިގެން ހޮސްޕިޓަލް ބަންދުކުރާ ގައުމެއް މިނޫނީ ނުދެކެން.