އޯޕަން އޭއައިއިން ޖީޕީޓީ 4.5 އޭއައި މޮޑެލް ތަޢާރަފުކޮށްފި

އޯޕަން އޭއައިއިން ޖީޕީޓީ-4.5 އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްގެ ރިސާރޗް ޕްރިވިއު އެއް ނެރެފިއެވެ.

ޖީޕީޓީ-4 މޮޑެލްގެ ފަހު ވާޝަން ކަމުގައިވާ މި މޮޑެލްގައި، ވާހަކަދެއްކުމާއި، ވިސްނުން ހިންގުމާއި، ކޯޑިންއަށް ކުރިއެރުންތަކެއް ގެނެސްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"މިހާތަނަށް އަޅުގަނޑުމެން ތައްޔާރުކުރި އެންމެ ބޮޑު އަދި އެންމެ ރަނގަޅު ޗެޓް މޮޑެލް" ކަމަށް ބުނެ، އޯޕަން އޭއައި އިން ފާހަގަކޮށްފައިވަނީ މި މޮޑެލްގައި ޕްރީ-ޓްރެއިނިންއާއި ޕޯސްޓް-ޓްރެއިނިން ދެ ބައި ވެސް ފުޅާކޮށްފައިވާ ކަމަށެވެ.

މި ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) ތައްޔާރުކުރުމުގައި އަންސުޕަވައިޒްޑް ލާނިން ފަދަ އައު ޓެކްނިކްތަކާއެކު، ޓްރެޑިޝަނަލް ސުޕަވައިޒްޑް ފައިން-ޓިއުނިން (އެސްއެފްޓީ) އަދި ރީއިންފޯސްމަންޓް ލާނިން ފްރޮމް ހިއުމަން ފީޑްބެކް (އާރްއެލްއެޗްއެފް) ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސޭން ފްރެންސިސްކޯގައި މައި އޮފީސް ހުންނަ މި އޭއައި ކުންފުނިން ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، ޖީޕީޓީ-4.5 ގެ ބާރުތަކާއި ދެރަ ކަންކަން ދެނެގަތުމަށް މިހާރު ވަނީ ރިސާޗް ޕްރިވިއުއެއްގެ ގޮތުގައި ލިބެން ފަށާފައި ކަމަށެވެ.

މިވަގުތު މި އެލްއެލްއެމް އަށް އެކްސެސް ލިބެނީ ހަމައެކަނި ޗެޓްޖީޕީޓީ ޕްރޯ ސަބްސްކްރައިބަރުންނަށް ކަމަށާއި، ނަމަވެސް ޕްލަސް އަދި ޓީމް ޔޫސަރުންނަށް އަންނަ ހަފްތާގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެންޓަޕްރައިޒް އަދި އެޑިޔު ޔޫސަރުންނަށް އޭގެ ފަހުން ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ޖީޕީޓީ-4.5 އިން މިހާރު ސާޗް، ފައިލް އަދި އިމޭޖް އަޕްލޯޑް، އަދި ކެންވަސް ފަދަ ފީޗާތައް ސަޕޯޓްކުރާއިރު، ވޮއިސް މޯޑް، ރިއަލް-ޓައިމް ވީޑިއޯ، އަދި ސްކްރީން ޝެއަރިން ފަދަ މަލްޓިމޯޑަލް ފީޗާތައް ޗެޓްޖީޕީޓީގައި ސަޕޯޓެއް ނުކުރާނެއެވެ.

ޑިވެލޮޕަރުންނަށް، ކުންފުނިން މި އައު އޭއައި މޮޑެލް ޕްރިވިއުކޮށްދެނީ ޗެޓް ކޮމްޕްލީޝަންސް އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި)، އެސިސްޓަންޓްސް އޭޕީއައި، އަދި ބެޗް އޭޕީއައި ގައި ހުރިހާ ޕެއިޑް ޔޫސޭޖް ޓިއާތަކެއްގައެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އޯޕަން އޭއައި އަކީ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. 2015 ވަނަ އަހަރު އުފެދުނު މި ކުންފުނިން ފާއިތުވި އަހަރުތަކުގައި ވަނީ ޖީޕީޓީ-3 އަދި ޖީޕީޓީ-4 ފަދަ ހައިރާންކުރުވަނިވި އޭއައި މޮޑެލްތައް ތަޢާރަފުކޮށްފައެވެ. މި މޮޑެލްތަކުގެ ސަބަބުން ދުނިޔޭގެ އެކި ދާއިރާތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު