ރޯދަމަހަށް ސްކޫލުތަކުގެ އަހަރީ ޗުއްޓީ ފަށައިފި

ދިރާސީ އަހަރުގެ ކިިޔެވުން ފެށުނު ދުވަހު އަމީނިއްޔާ ދަރިވަރުންތަކެއް ސްކޫލުގައި: ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަނުން ބުނި -- ސަން ފޮޓޯ

ރޯދަމަހާ ދިމާކޮށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި, ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުންގެ ޗުއްޓީ މިއަދު ފަށައިފިއެވެ.

ސްކޫލުތަކުގައި މިއަދު ރިޕޯޓް ފޯމު ދީފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، ދެން ސުކޫލުތަކުގެ ކިޔެވުން ފެށޭނީ ރޯދަމަސް ނިންމައި އޭޕްރީލު މަހުގެ ހަތްވަނަ ދުވަހެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ ހޮނިހިރު ދުވަހެވެ.

އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމު ޗުއްޓީ ފެށޭނީ ޖުލައި 24ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު މަހު 10ގައެވެ.

ދިރާސީ އާ އަހަރު ނިމޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ.

ޖެހިގެން އަންނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27ގައެވެ.

ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް