އެސްއެސްޓިވީގެ "އައިލެންޑް ކުއެސްޓް"، މަޖާ ކުޅިވަރުތަކާއި ގޭމްތަކެއް ހިމެނޭ ދަތުރެއް

އެސްއެސްޓީވީން ގެނެސްދޭ "އައިލެންޑު ކުއެސްޓު"ގެ ޕޯސްޓަރެއް --

މިއީ އާންމުކޮށް ފެންނަ ދަތުރުތަކާ ޚިލާފު ދަތުރަކަށް ވަނީ މިއީ ތިމާވެއްޓާ ރަހުމަތްތެރިކޮށް ބައިސްކަލުގައި ކުރާ ދަތުރަކަށް ވާތީއެވެ. ދަތުރުގެ ތެރޭގައި ބައިވެރިން މަޖާ ކުޅިވަރުތަކާއި ގޭމުތަކުގައި ބައިވެރިވެ އެ ދުވަހަކަށް ހާސިލްކުރަން ޖެހޭ "ޓާގެޓް" ހާސިލް ކުރާނެއެވެ.

މިއީ މި ރަމަޟާން މަހު "އައިލެންޑް ކުއެސްޓް"ގެ ނަމުގައި އެސްއެސްޓީވީން ގެނެސްދޭ އެޑްވެންޗާ ގޭމްޝޯއެކެވެ. މި ޝޯ ކުރިއަށްގެންދަނީ ބައިކް މޯލްޑިވްސްއާ ގުޅިގެންނެވެ.

އެސްއެސްޓީވީން ގެނެސްދޭ "އައިލެންޑު ކުއެސްޓު"ގެ ޕޯސްޓަރެއް --

މި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑެއްގައި ވެސް ދެ މީހުންގެ ތިން ޓީމެއް ވާދަކުރާނެއެވެ. މި ޕްރޮގްރާމު ފަށާނީ ވިލިމާލެއިންނެވެ. ޕްރޮގްރާމުގެ ބައިވެރިން ވިލިމާލޭގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ގޭމްތައް ނިންމުމަށްފަހު މާލެއަށް ދެއެވެ. ޕްރޮގްރާމު ނިމެނީ ހުޅުމާލޭގައި މި ދަތުރު ފުރިހަމަ ކުރުމުންނެވެ.

މި ޕްރޮގްރާމުގެ އެޕިސޯޑުތަކުގައި ބައިވެރިވަނީ ބައިކް މޯލްޑިވްސްގެ މެމްބަރުންނެވެ. ބައިކް މޯލްޑިވްސް އަކީ ބައިސްކަލު ދުއްވުން ދިރުވާ އާލާކުރުމަށް މަސައްކަތްކުރާ ވަރަށް ހީވާގި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރުންގެ ތެރެއިން އައިލެންޑްކުއެސްޓްގައި މިފަހަރު ފެނިގެންދާ ބައިވެރީންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އާންމުންގެ މެދުގައި މަގުބޫލު، ފާހަގަކޮށްލެވޭ އިތުރު ޝަޚުސިއްޔަތުތައް ވެސް ހިމެނެއެވެ.

އެސްއެސްޓީވީން ގެނެސްދޭ "އައިލެންޑު ކުއެސްޓު"ގެ ޕޯސްޓަރެއް --

މި ޕްރޮގްރާމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ސަން ސިޔާމް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރު، މުހައްމަދު ޒަހީން ވިދާޅުވީ ބައިކް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ތިމާވެއްޓާ ރަހުމަތްތެރި އާދަތައް ދައްކައިދީ އެ އާދަތައް އަށަގެންނެވުމަށް ހިތްވަރު ދޭނެކަމަށެވެ. އަދި ބައިސްކަލް ދުއްވުމުން ލިބިދޭ ފައިދާގެ ވާހަކަތައް ކިޔައިދޭނެކަމަށެވެ. މީގެ އިތުރުން ބެލުންތެރިންގެ މުނިފޫހިފިލުވައިދޭނެ މަޖާ ގޭމުތައް މި ޝޯގައި ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްއެސްޓީވީން ގެނެސްދޭ "އައިލެންޑު ކުއެސްޓު"ގެ ޕޯސްޓަރެއް --

"މި ގޭމް ޝޯތަކުގައި ވަކި ވިނާއެއް ސީދާ ނުއެއް ހޮވާނެ. އެހެންނަމަވެސް އެންމެންނަށް ވެސް އެ ޓާސްކުތައް ފުރިހަމަ ކުރީމަ ލިބޭ މެޑަލް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

އައިލެންޑް ކުއެސްޓްގެ ޓާސްކް މާސްޓަރެއްގެ ގޮތުގައި ޝޯތައް ހުށްހަޅައިދެއްވާނީ ކަސްރަތާއި ފިޒިކަލް ފިޓްނަސްގެ ތަޖުރިބާކާރު މުޙައްމަދު ހާނިމްއެވެ.

އެސްއެސްޓީވީން ގެނެސްދޭ "އައިލެންޑު ކުއެސްޓު"ގެ ޕޯސްޓަރެއް --

އައިލެންޑް ކުއެސްޓްގެ ޝޯތައް އުފެއްދުމުގައި ބައިކް މޯލްޑިވްސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން އަދި ޝައުޤުވެރިކަން ޝުކުރުވެރިކަމާއެކު އެސްއެސްޓީވީން ފާހަގަކުރެއެވެ. އައިލެންޑް ކުއެސްޓްގެ ޝޯތައް ރޯދަމަހު އެސްއެސްޓީވީން ގެނެސްދޭނީ ކޮންމެ ބުދަ ދުވަހެއްގެރޭ 10:30 ގައެވެ.

comment ކޮމެންޓް