ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހުގެ 22:54ހާއިރު، ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ފިޔާތޮށިގެ، މުޙައްމަދު ލުބާން ޤައްހާރު، 26 އަހަރެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް ހިޔާ ފުލެޓުތަކުގައި މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމުގެ މައްސަލަތައް ވެސް ފެންމަތިވެފައިވެއެވެ.