ބީއެމްއެލްގެ ކާޑު ޕްރޮމޯޝަންގެ ބޮޑު ނަސީބުވެރިއަކަށް ހޮވުނު ނަސީހަށް އެއްލައްކަ ރުފިޔާ

ބީއެމްއެލްގެ ކާޑު ޕްރޮމޯޝަންގެ ބޮޑު ނަސީބުވެރިއަކަށް ހޮވުނު ނާސިހުއާ (ކ) އިނާމު ހަވާލުކުރަނީ ---- ފޮޓޯ/ ބީއެމްއެލް

މިދިޔަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށް ގެންދިޔަ ކާޑު ޕްރޮމޯޝަންގެ އެންމެ ބޮޑު ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފިއެވެ.

އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ހަސަން ނާސިހު އަބްދުﷲއެވެ. ނާސިހަށް އިނާމަކަށް ލިބިފައިވަނީ އެއްލައްކަ ރުފިޔާއެވެ.

އެ އިނާމުގެ އިތުރުން ވެސް އެހެން އިނާމުތަކެއް ވެސް މި ޕްރޮމޯޝަންގައި ވަނީ ދީފައެވެ. އެގޮތުން މިދިޔަ މަހުގެ ކޮންމެ ދުވަހެއްގައި ވެސް ފަސް ނަސީބުވެރިއަކަށް 1،000 ރުފިޔާ ދިނުމަށް ހޮވައިފައިވެއެވެ.

ބީއެމްއެލްއިން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ހަމައެކަނި އެބެންކުގެ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެނެއެވެ.

އަށްހާހަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ޚިދުމަތް ބަލައިގަންނަ ބޭންކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބީއެމްއެލް ކާޑު ބޭނުންކުރެވޭނެއެވެ.

ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންތަކުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރުވެސް ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްގެ މޮބައިން ބޭންކިން އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެއެވެ.

comment ކޮމެންޓް