ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި"ބަހާ ކަމަށެވެ.

އެގޮތުން މާޒީގައާއި، މިއަދު އަދި މާދަމާވެސް ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ފެބްރުއަރީ 20 ވަނަ ދުވަހެކެވެ.

އެގޮތުން މާދަރީ ބަހުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައި ވަނީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބަސް މުހިންމު އެއްޗަކަށް ހަދާށެވެ،" މިއެވެ.

comment ކޮމެންޓް