އަންނަ ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިޔަފާރިވެރިން މިއަދު ބުނެފިއެވެ.

ދަތުރުވެރީންގެ މަރުކޭޓުގެ ގޮޅިއަކުން 'ސަން'އާ ވާހަކަދެއްކި އާދަމް މޫސާ ބުނީ، މިހާރު ތަކެތީގެ އަގުތައް ހުރީ ދާއިމީކޮށް ހުންނަ ރޭޓުގައި ހިފެހެއްޓިފައި ކަމަށެވެ.
ނަމަވެސް، އަންނަ މަހު ފެށޭ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މާރުކޭޓުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު މާވީ
އެސްޓީއޯއިން އަގު ހެޔޮކޮށް ދޫކުރިޔަސް ވިޔަފާރިވެރިން ގަނޑުކޮށް އެއްޗިހި ނަގާފައި، ވިޔަފާރިވެރިން ވަކި ރޭޓެއް ހަދާފައި އެއްޗެހި ދޫކުރަން ފަށާނީ. އެހެންވީމަ ވާނެ ގޮތަކީ [ކާބޯތަކެތީގެ] އަގު ބޮޑުވާނެ
ތަރުކާރީގެ ބާވަތްތައް ވިއްކަން އިން އާދަމް ބުނީ، ރޯދަ މަސް ފެށެން ދެ ދުވަހަށް ވުމުން ކ. ކާށިދޫ އަދި އއ. ތޮއްޑޫ ފަދަ ރަށްރަށުން ތަކެތި ގެންނަން ފަށާނެ ކަމަށެވެ.
'ސަން'އަށް މައުލޫމާތު ދިން އެހެން ބައެއް ވިޔަފާރިވެރިން ވެސް ވަނީ ރޯދަ މަހަށް ދަތުރުވެރިންގެ މާރުކޭޓުގައި ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބުނެފައެވެ.
މާރުކޭޓުގައި ތަރުކާރީގެ ބާވަތްތައް ލިބެން ހުރި އަގުތަކަށް ބަލާއިރު، ލުނބޯ ކިލޯއެއް ލިބެން ހުރީ 45 އާއި 50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށްވާއިރު، ޗައިނީސް ކިއުކަމްބާ ކިލޯއެއް 45 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ.

ބަޔަކު ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ރޯދަ މަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާރު، މިދުވަސްވަރު ބާޒާރުގައި ދޮން އަނބު ވަނީ ތިޔާގިވެފައެވެ. އެގޮތުން، މާރުކޭޓުގެ ބައެއް ގޮޅިތަކުން 100 ރުފިޔާއަށް 12 އަނބު ވިއްކާއިރު، ގިނަ ގޮޅިތަކުން ލިބެން ހުރީ ފުވައްމުލަކު އަނބެވެ.
އޭގެއިތުރުން، ކަރާ ކިލޯއެއް 25 ރުފިޔާއަށް ބާޒާރުގައި ލިބެން އެބަ ހުއްޓެވެ.
އިތުރު ބާވަތްތަކާއި އޭގެ އަގުތައް:
- ޓޮމާޓޯ ކިލޯއެއް 25 ރުފިޔާއަށް
- ދިވެހި މިރުސް ކިލޯއެއް 220 ރުފިޔާއަށް
- އަލުވި ކިލޯއެއް 18އާއި 20 ރުފިޔާއާ ދެމެދު
- ފިޔާ ކިލޯއެއް 14އާއި 16 ރުފިޔާއާ ދެމެދުގައި
- ތޮޅި މިރުސް ކިލޯއެއް 175 ރުފިޔާއަށް
- ތޮރާ ކިލޯއެއް 35 ރުފިޔާއަށް
މީގެއިތުރަށް ބާޒާރުގައި އަލުވި ކޭހެއް 390 ރުފިޔާއަށް ލިބެން ހުރިއިރު، ބިސް ކޭހެއް މިހާރު ލިބެން ހުރީ 380 ރުފިޔާއަށެވެ. އަދި، ހިކަނދިފަތާއި ކަންކުން ފަތް ބޮނޑިއެއް ވިއްކަނީ 10 ރުފިޔާއަށެވެ.
ޕިކަޕަކުން ފިޔާ ގޯނި ތަކެއް ބާލަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފާހަގަކޮށްލެވޭ ގޮތުގައި، ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ ބިހާއި ފިޔައާއި ލުނބޯ އަދި އަލުވި ބާޒާރަށް ނެރެފައެވެ.
ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން އެ ބާވަތްތައް ވިއްކާ އަގަށް ބަދަލު ގެންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މި ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން މިފަހުން ވަނީ ކާށި ވެސް ބާޒާރަށް ނެރެފައެވެ.
comment ފާއިޒުބެ
1 month 6 day ago
ރޯދަމަހު ޖެހެނީ ދުވާލު ނުކައި ތިބެން. ރޭގަނޑަށް ކެއުންބުއިން މަދުކޮށް، ރޭއަޅުކަމުގައި އުޅެން. އެކަމަކު ކާބޯތަކެތީގެ ޑިމާންޑު މިދަނީ އުފުލިގެން. ބޯހަލާކު!!
comment ޖދހހ
1 month 6 day ago
ކީއްވެ. ނުޖެހޭ ކޮންމެހެން އުދުލޭކަށް
comment އަލްޖިބްރާ
1 month 7 day ago
މިޤައުމަށް އަންނަ ރޯދަމަހަކީ ވިޔަފާރިވެރިންނަށް އަންނަ ބޮޑު އީދެއް ! ފަލަސުރުޚީގައި ނުލިއުނަސް ތަކެތީގެ އަގުބޮޑުވާނެ ކަން އެންމެންވެސް ދަނޭ ! އާއްމުރައްޔިތުން ފެލަން ސަރުކާރުން ހިފާއިރު ވިޔަފާރި ވެރިންވެސް ތިބެނީ ތަކެތި އަގުބޮޑު ކުރަން ފޫގަޅާފަ !
comment ސލހ
1 month 7 day ago
އެހެންވީމަ އެނގެނީ އަގުތައް އުފުލަނީ ވިޔަފާރި ވެރިންކަން
comment ސލހ
1 month 7 day ago
ވަަރަށް ބަރުވާނެ. ތިހާ ހިތްވަރެއް ހުރިއްޔާ އުފުލަބަލަ. އުފުލިޔަސް ނަމަނަމަ ވައްޓާނުލާތި.