އެޑްވަޓޯރިއަލް: ގަވިންއަށް ހަތް އަހަރު، މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޓީރިއާ ޑިޒައިނިން ޝޯރޫމް

ރާއްޖޭގެ އެންމެ ބޮޑު އިންޓީރިއާ ޑިޒައިނިން ޝޯރޫމް: ގަވިން ޝޯރޫމަށް ހަތް އަހަރު ----

ރާއްޖޭގެ އެންމެ ބޮޑު އިންޓީރިއާ ޑިޒައިނިން ޝޯރޫމް ހުޅުވާފައިވާ، ގަވިން ޕްރައިވެޓް ލިމިޓެޑަށް ހަތް އަހަރު ފުރިއްޖެއެވެ.

މީގެ ހަތް އަހަރު ކުރީން ހަމައެކަނި ވަޑާންކުރުމުގެ މަސައްކަތުން ފެށި ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ.

ގަވިން ޝޯރޫމް މެދުވެރިކޮށް ބަދިގޭ ސާމާނާއި ނިދާ ކޮޓަރިއަށް ބޭނުންވާ އެނދާއި ލިވިންރޫމަށް ބޭނުންވާ ސޯފާގެ އިތުރުން އެހެން ހުރިހާ ފަރުނީޗަރެއް ވެސް އެއްތަނަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

މީގެ އިތުރުން، ވަޑާމުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ބޭނުންވާ ހުޅާއި އިސްކުރުފަދަ ހުރިހާ އެއްޗެއް ވެސް ގަވިންއިން ލިބެން ހުންނާނެއެވެ.

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ގަވިންއިން ވަނީ 100،000 ރުފިޔާގެ އަގުހުރި ތަކެއްޗާއި ޚިދުމަތްތައް ލިބޭ އިނާމަކާ އެކު، ރޯދަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.

https://sun.mv/201681

މި ޕްރޮމޯޝަން އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު 1000 ރުފިޔާއަށްވުރެ މަތީން ވިޔަފާރި ކުރާ ކޮންމެ ބޭފުޅަކަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ގަވިންގެ ދެ ޝޯރޫމް މާލެއާއި ހުޅުމާލޭގައި ހުންނައިރު މާލޭގައި ޝޯރޫމް ހުންނަނީ ރަށްދެބައިހިނގުން، ގ. ލައިޓްގްރޭގައެވެ. އެ ފިހާރަށް 9588833 ނަންބަރުން ގުޅޭނެއެވެ. އަދި، ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި ކަމަށްވާއިރު، 9588899 ނަންބަރުން ގުޅޭނެއެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން ރޭގަނޑުގެ 22:00 އަށް ހުޅުވިފައި ހުންނާނެއެވެ.

ގަވިން ޕްރައިވެޓް ލިމިޓެޑްއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ހަދައި، އިންޓީރިއާ ޑިޒައިން އާއި ގިނަ އަދަދެއްގެ ގޭގެ އަދި ބަދިގޭގެ އެކްސެސަރީޒްތަކަށް ޚާއްސަވެފައިވާ ފިހާރައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް