އެޕަލްގެ އައު ބަޖެޓް ފޯނު، އައިފޯން 16އީ ނެރެފި

އެޕަލްގެ އަގުހެޔޮ ފޯން އައިފޯން 16އީ --

އެޕަލްގެ އައު ބަޖެޓް ފޯނު، އައިފޯން 16އީ ނެރެފިއެވެ.

އެޕަލްއިން އެންމެ ފަހުގެ އަގުހެޔޮ ސްމާޓްފޯނު، އައިފޯން 16އީ ނެރުނީ މިއަދެވެ. މި ފޯނަކީ ސެމްސަންގްއައި ވާވޭ ފަދަ ކުންފުނިތަކާ ވާދަކުރުމަށް ނެރެފައިވާ މެދު ފަންތީގެ ސްމާޓްފޯނެކެވެ.

އެޕަލްގެ ބަޖެޓް ސީރީޒްގައި ކުރިން ބޭނުންކުރަމުން އައި "އެސްއީ" ނަން ދޫކޮށްލައި ނެރެފައިވާ މި ފޯނުގެ އަގަކީ 599 އެމެރިކާ ޑޮލަރެވެ. އަދި އެޕަލް އިންޓެލިޖެންސް ބޭނުންކުރުމުގެ ގާބިލުކަން މި ފޯނުގައި ހުންނައިރު، ޗެޓްޖީޕީޓީ ވެސް ލިބޭނެއެވެ.

މި ފޯނުގައި ބޭނުންކޮށްފައިވަނީ އަގުބޮޑު މޮޑެލްތަކުގައި ބޭނުންކުރާ A18 ޗިޕެވެ. އަދި އެޕަލްއިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފައިވާ C1 މޮޑެމް ޗިޕް ބޭނުންކުރާ ފުރަތަމަ ޑިވައިސްއަކީ ވެސް މިއީއެވެ.

އެޕަލްގެ އަގުހެޔޮ ފޯން އައިފޯން 16އީ --

މި ފޯނުގެ ކެމެރާ ސިސްޓަމުގައި 48 މެގަޕިކްސެލްގެ ސެންސަރެއް ހިމެނޭއިރު، ދެ ލެންސް ހިމެނެއެވެ. މީގެ ތެރެއިން އެއް ލެންސަކީ ދެ ގުނަ ޒޫމް ލެންސްއެކެވެ. ސްކްރީނުގެ ސައިޒުގައި 6.1 އިންޗި ހުރެއެވެ.

މި ފޯނު ލިބެން ހުންނާނީ ހުދާއި ކަޅު ކުލައިންނެވެ.

ކުރީގެ އެސްއީ މޮޑެލްތަކުގައި ހުރި ފިޒިކަލް ހޯމް ބަޓަންގެ ބަދަލުގައި، މި ފޯނުގައި ވަނީ ފޭސްއައިޑީ ފީޗާ ހިމަނައިފައެވެ. އަދި ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ހިމަނައިފައިވާއިރު، މިއީ އެޕަލްގެ ލައިޓްނިން ކަނެކްޓަރު ބޭނުންކުރާ އެންމެ ފަހުގެ އައިފޯން މޮޑެލް ވެސް މެއެވެ.

އައިފޯން 16އީ އަންނަ ހުކުރު ދުވަހުން ފެށިގެން ޕްރީ-އޯޑާ ކުރެވޭއިރު، އެމެރިކާ، ޗައިނާ އަދި އިންޑިއާ ހިމެނޭގޮތުން 59 ގައުމެއްގައި ފެބްރުއަރީ 28އިން ފެށިގެން ވިއްކަން ފަށާނެއެވެ.

comment ކޮމެންޓް