ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނުކުރަން ފަށައިފައިވާކަމަށް އިސްލާމިކް ޔުނިވާސިޓީ މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.
އިސްލާމިކް ޔުނިވާސިޓީއިން ބުނީ މިހާރު ފަށައިފައި ވަނީ އެޑްވާންސް ސެޓްފިކެޓްއިން ޝަރިއްޔާ އެންޑް ލޯކަމަށެވެ. މި ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.
މި ކޯހުގައި މިހާތަނަށް ބައިވެރިވެފައި އަށް މެންބަރުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނުކުރަން ފަށައިފި-- ފޮޓޯ/އައިޔޫއެމް
އެ ޔުނިވާސިޓީން ބުނީ އިއްޔެ މި ކޯހުގައި ބައިވެރިވި މެންބަރުންނަށް އޮރިއެންޓޭޝަން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މި ކޯހަކީ މަޖިލިސް މެންބަރުންނަށް ވަކި ޝެޑިއުލެއްގެ މަތިން އޮންލައިންކޮށް ކުރިޔަށްގެންދާ ކޯސްއެއްކަމަށާއި މިހާރު ކުރިޔަށް ގެންދާ ބެޗާއެކު އެ މެންބަރުންނަށް ވެސް ސެޓްފިކެޓް ލިބޭނެކަމަށް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.
އެއާއެކު ވަރަށް އަވަހަށް މި މަހުގެ ތެރޭގައި މަޖިލީސް މެންބަރުންނަށް ޚާއްސަ ޑިގްރީ ޕްރޮގްރާމްއެއް ފެށިގެންދާނެކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.