Ooredoo
Dhiraagu

ގާނޫނު ހަދައި، އެ އިސްލާހު ކުރެވޭނީ މަޖިލީހަށް އެކަނި: އިންތި

ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) -- ސަން ފޮޓޯ

ގާނޫނު ހެދުމާއި ގާނޫނު އަސާސީއަށް ބަދަލުގެނައުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.

Ooredoo

ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދުވަނީ ފަށައިފައެވެ. މި މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނުއަސާސީއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދިނުމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލު މިއަދު ކޯޓުގައި ވިދާޅުވީ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ދުސްތޫރީ މައްސަލައެއް ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

https://sun.mv/202683

ދައުލަތުގެ ވަކީލުގެ ވާހަކައަށް ތާއީދު ކުރައްވާ މޭރުމަކުން އިންތި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ހެދުމާއި، އެއަށް އިސްލާހު ގެނެވޭނީ ހަމައެކަނި މަޖިލީހުން ކަމަށެވެ.

އެ ކަމަށް ބާރުދެއްވަމުން އިންތިވަނީ އެމެރިކާގެ ގާނޫނަށް ގެނައި 18ވަނަ އިސްލާހާމެދު ކަންވީގޮތް ހިއްސާ ކުރައްވައިފައެވެ. އެ ގައުމުގެ ގާނޫނަށް ގެނައި 18ވަނަ އިސްލާހާއެކު ބަނގުރާ މަނާކުރުމުން، އެއީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބުންކަމަށް އެ ގައުމުގެ ބައެއް ރައްޔިތުން ދެކުނު ނަމަވެސް، އެ ގާނޫނަށް އޭރު އަމަލުކުރިއެވެ.

އޭގެ ފަހުން ގާނޫނު އަސާސީއަށް ގެނައި 21ވަނަ އިސްލާހާއެކު ބަނގުރާ މަނާކުރުން އުވާލައި، ބަނގުރާ އަލުން ހުއްދަ ކުރީއެވެ.

މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީންނާއި ޑިމޮކްރެޓުން މީގެކުރިން ބަޔާނެއް ވެސް ނެރުނެވެ. އަދި މި ދެ ޕާޓީން އެ މައްސަލައަށް ތަދައްޚުލުވާން ވެސް ނިންމިއެވެ.

ނަމަވެސް، މިއަދު މި މައްސަލަ ސުޕްރީމް ކޯޓުގައި ފެށިއިރު، ތަދައްޚުލުވީ އެމްޑީޕީން އެކަންޏެވެ. ޑިމޮކްރެޓުން މިއަދުގެ އަޑުއެހުމެއް ހާޒިރުވެފައެއް ނުވެއެވެ.

އެހެންކަމުން މި މައްސަލައިގައި ޑިމޮކްރެޓްސްގެ ޚިޔާލު ބަދަލުވީތޯ އެ ޕާޓީގެ މެމްބަރަކާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މައްސަލައަށް ތަދައްޚުލުވާން ނިންމާފައިވާ ނިންމުން ބަދަލު ކޮށްފައި ނުވާކަމަށެވެ.

"ނިންމުން އޮތީ އޮތް ގޮތަށް އިންތި ހަމަ އަމިއްލަ ޚިޔާލު ވެސް ފާޅުކޮށްފާނެ ނޫންތޯ. ހިޔެއް ނުވޭ މިއަދު ޑިމޮކްރެޓްސްގެ ފަރާތުން ކޯޓަސް ވެސް ހާޒިރުވީހެންނެއް،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިންތިގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީޯ ބަހެއް ލިބޭގޮތެއް ނުވިއެވެ.

މި މައްސަލައަކީ ގާނޫނުއަސާސީގައި ބުނާ ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ފެތޭ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންވެ، މި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާއާ ފުށުއަރާ ކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ދުސްތޫރީ މައްސަލައެއް ގޮތުގައި ނުބެލޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެހެން ކަމުން އޭނާ ވަކާލާތު ކުރެއްވީ މި އިސްލާހަކީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އޮންނަ ގޮތަށް އުސޫލާއި ގާނޫނުގެ ތެރެއިން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ސުވާލުތަކެއް ކުރައްވާފައެވެ. ނަމަވެސް، އެ ސުވާލަށް ދައުލަތުގެ ވާކީލާ ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ، މި މައްސަލަ ނުބެލޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

Redstar
comment ކޮމެންޓް

comment ސ

1 month 1 week ago

ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނޭ އޮންނަ މާއްދާ އުވާލަން. މަޖިލީހުން ފާސްކޮށް އުވައިލީ. އެ ހާލަތުގައި ސުޕްރީމް ކޯޓަށް ނާދެވޭނެތޯ؟،" މިސާލެއް ނަންގަވައި، ސާފު ސުވާލެއް ކުރައްވަމުން ފަނޑިޔާރު އެއްސެވިއެވެ. ނޫން އެހާލަތުގަ ކޯޓައް ދެވޭނެ. އެއީ ކީރިތިގުރްއާންގައި ވަރައްސާފްކޮ ﷲ ހަޒުރަތުގައި ދީނަކީ އިސްލާމްދީނޭ ބުނެފައި އޮވޭ. އެހެންވީމާ މިމައްސަލައާ ޕާޓީ ބަދަލްކުރީމާ ގޮޑިގެއްލޭ މައްސަލައާ މުޅިންތަފާތު. މިމައްސަލައަކީ ދީނާ ފުށުއަރާ މައްސަލައެއްނޫން.އަދި ގާނޫން އަސާސީއާވެސް ފުސުނާރާ މައްސަލައެއް. އެހެން ކަމުން ޕާޓީ ބަދަލްކޮފިނަމަ ގޮޑި ގެއްލެންޖެހޭ. އަދި ފަޑިޔާރުންވެސް ގޮޑި ގެއްލޭމައްސަލައްކީ ދީންބަދަލުކުރުންފަދަ ބޮޑު މައްސައްލެއެކަމަ ދެކިގެންނުވާނެ.

comment ސސ

1 month 1 week ago

އިންތި ކަލޭ ތީ ކޮންތާކުން ޤާނޫނީ ޢިލްމު ދަސްކުރި މީހެއްތޯ ބުނެބަލަ، މަޖިލިސްތެރޭގަޔާއި މަގުމަތީގައި ހަޅޭލަވަން އުމުރުގެ ބޮޑުބައި ހޭދަކުރީ !

comment ދދ

1 month 1 week ago

ތިޔަ މައްސަލަ ބެލުމުގެ ކުރިން ތިޔަމައްސަލަބަލާ ބެންޗުވެސް ނިމިގެންދާނެ !

comment ލލ

1 month 1 week ago

އެމެރިކާގައި ބަނގުރާ މަނާ ކުރަނީ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިގެން، މުސްލިމް ޤައުމޭ ކިޔާ ޤައުމު ތަކުގައި މިވަރުވެސް ނުވޭ !

comment އިޒް

1 month 1 week ago

މިއީ ފުރަތަމަ ކޮންސްޓިޓުޝަނަލް ލޯގެ ވާހަކަ ދެއްކޭވަރުގެ ނުވަތަ ޚިޔާލު ދެވިދާނެވަރުގެ މާހިރެއްތޯ.؟