ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޫނު ހަތިޔާރު ބޭނުންކޮށް، ޖަމާއަތް ހަދައިގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އެމީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެއެވެ. އެއީ އުމުރުން 18 އަހަރުގެ ޒުވާނަކާއި، 26 އަހަރުގެ ޒުވާނެއްގެ އިތުރުން 27 އަހަރުގެ ޒުވާނެކެވެ.

ކޯޓު އަމުރުގައި އިންވެސްޓިގޭޓިވް އޮފިސާ (އައިއޯ) ފާހަގަކޮށްފައި ވަނީ މި ތިން މީހުންނަކީ ވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި ރޭވުމުގައި އަމަލީގޮތުން ބައިވެރިވި މީހުންކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ހެކި ހުށަހަޅާފައި ވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

ކޯޓު އަމުރުގައި ވަނީ މި ތިން މީހުންނަކީ ވެސް ބަންދުގެ ލޮގް އޮތް މީހުން ކަމަށެވެ. އަދި މި ދުވަސްވަރު ތަކުރާރުކޮށް ހުއްޓުމެއް ނެތި މާރާމާރީތައް ހިންގަމުން ދާކަމަށާއި، މާރާމާރީ ހިންގަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ކަމުން މުޖުތަމައުގެ ކޮންމެ މީހަކަށް ވެސް މިކަމުގެ ބިރު އޮތްކަން އައިއޯ ވަނީ ފާހަގަ ކޮށްފައެވެ.

މި ދުވަސްވަރު ތަކުރާރުކޮށް ހިންގާ ސިލްސިލާ މާރާމާރީތައް ވަނީ ވަރަށް ގިނަ ވެފައެވެ. މިކަމާ ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައި ވާއިރު، ހައްޔަރު ކުރި އެންމެންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/202489

މި މާރާމާރީތަކުގައި ކުޑަ ކުދިންނާއި ޒުވާނުން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް