ސަން ސިޔާމް މީޑިއާގެ ދެވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ރޭ ފާހަގަކޮށް، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށްފިއެވެ.
ރޭ އެކަމަށް ޚާއްސަކޮށް ބޭއްވި ހަފުލާގައި ވަނީ، މިދިޔަ އަހަރު އެކި ޑިޕާޓުމަންޓުގެ މަސައްކަތްތަކުން ފާހަގަކުރެވޭ މުވައްޒަފުންނަށް އެވޯޑުތަކާއި ހަނދާނީ ލިޔުން ދީފައެވެ،
އެގޮތުން، މިދިޔަ އަހަރު އެސްއެސް މީޑިއާއަށް އެންމެ ފާހަގަކުރެވޭ މަސައްކަތެއް ކޮށް ސްޓާފް އޮފް ދަ އިޔާ އެވޯޑު ހާސިލުކުރީ ސިސްޓަމް އިންޖީނިއާ އަބްދުﷲ އަޒްމާނެވެ.

އެސްއެސްމީޑިއާގެ މުވައްޒަފުން އަހަރީ ދުވަހުގެ ހަފުލާގައި ---- ސަން ފޮޓޯ
އިތުރު އެވޯޑުތައް ހާސިލުކުރި މުވައްޒަފުންނަކީ:
- އެވޯޑް ފޯ އެކްސެލެންސް އިން ކަސްޓަމާކެއާ 2024 - ކަސްޓަމާ ކެއާ އޮފިސަރު އައިޝަތު ނާޝް އަބްދުﷲ
- އެވޯޑް ފޯ އެކްސެލެންސް އިން ކޯޕަރޭޓް އެފެއާޒް 2024- ސީނިއާ ކޯޕަރޭޓް އެފެއާޒް އެކްޒެކެޓިވް، މުހައްމަދު މުނާޒް މާހިރު
- އެވޯޑް ފޯ އެކްސެލެންސް އިން ނިއުސް އެންކަރިން 2024 - ސީނިއާ މަލްޓި ޓާކްސް ޖާނަލިސްޓް ޝާރިހާ ޝަރީފް
- އެވޯޑް ފޯ އެކްސެލެންސް އިން ޓީވީ ޕްރެޒެންޓިން 2024- ޑެޕިއުޓީ މެނޭޖާ އިން ޕްރޮޑަކްޝަން، ފާތިމަތު ސާރާ
- އެވޯޑް ފޯ އެކްސެލެންސް އިން ބްރޯޑްކާސްޓް އިންޖިނިއަރިން 2024- ބްރޯޑްކާސްޓް ޓެކްނީޝަން އަލީ ޝާމިން
- އެވޯޑް ފޯ އެކްސެލެންސް އިން އެމްސީއާރް އޮޕަރޭޝަން 2024- އޮންއެއާ ކޮންޓްރޯލަރު، މުޙައްމަދު ނަޝީތު
- އެވޯޑް ފޯ އެކްސެލެންސްއިން އޮފިސް މެއިންޓެނަންސް 2024- ސީނިއާ މެއިންޓެނަންސް އޮފިސާ މޫސާ ޔާސިރު
- އެވޯޑް ފޯ އެކްސެލެންސް އިން ޖާނަލިޒަމް 2024- ޑެޕިއުޓީ މެނޭޖިން އެޑިޓަރު އަހުމަދު އިނާހު
- އެވޯޑްފޯ އެކްސެލެންސް އިން ވީޑިއޯ ގްރަފީ 2024- ސީނިއާ މަލްޓި ޓާސްކް ވީޑިއޯ ގްރަފާ، މުހައްމަދު ޝާން
- މޯސްޓް ޕްރޮމިސިން ޖާނަލިސްޓް އޮފް ދަ އިޔާ 2024- މަލްޓި ޓާސްކް ޖާނަލިސްޓް ފާތިމަތު ޝައުނާ
- މޯސްޓް ޕްރޮމިސިން ޕްރޮޑިއުސާ އޮފް ދަ އިޔާ 2024- އެސިސްޓެންޓް މަލްޓި ޓާސްކް ޕްރޮޑިއުސާ މުޙައްމަދު ދާއިން އަލީ
- މޯސްޓް ޕްރޮމިސިން ސްޓާފް އޮފް ދަ އިޔާ 2024- މަލްޓި ޓާސްކް ޕްރޮޑިއުސާ އަހުމަދު ޝާން.

އެސްއެސްމީޑިއާގެ ދެވަނަ އަހަރީ ދުވަހުގެ ތެރެއިން --- ސަން ފޮޓޯ
އަދި, ސީއީއޯގެ ޚާއްޞަ އެވޯޑެއްގެ ގޮތުގައި މެނޭޖަރ ކޮންޓެންޓް ޑިވެލޮޕްމަންޓް ޢަލީ ރަޝީދު (ގޮޅާ ޢަލީ) އަށާއި މެނޭޖާ ޕްރޮޑަކްޝަންސް މުޙައްމަދު ހަމްޒާ އަށް ޚާއްޞަ ޝަރަފެއް ދެވުނެވެ.
މީގެއިތުރަށް ވެސް ސްޕެޝަލް ރެކޮގްނިޝަން އެވޯޑާއި ސީއީއޯ ރެކޮގްނިޝަން އެވޯޑުގެ އިތުރުން ވެސް އެސްއެސްމީޑިއާއަށް ޚިދުމަތް ކޮށްދޭ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ހަނދާނީ ލިޔުން ވެސް ވަނީ ދީފައެވެ.
މި އަހަރަށް އެކި ދާއިރާތަކުން އެސްއެސްމީޑިއާއިން ފެންނާނެ އެކި އުފެއްދުންތައް މިހަފުލާގައި ވަނީ ތަޢާރަފްކޮށްފައެވެ. އޭގެތެރޭގައި، އަންނަ ރޯދަ މަހު ފެންނާނެ މުހިއްމު އުފެއްދުންތަކާއި މިއަހަރުގެ ތެރޭގައި ތަޢާރަފްކުރާނެ އުފެއްދުންތައް ހިމެނެއެވެ.

އެސްއެސް މީޑިއާގެ އިސްވެރިންނާއި މުވައްޒަފުން އަހަރީ ދުވަހުގެ ހަފުލާގައި --- ސަން ފޮޓޯ
އެސްއެސްމީޑިއާގެ ހިންގުމަށާއި މަސައްކަތުގެ މާހައުލު ފަސޭހަކޮށް ފަހި ކުރުމުގެ ގޮތުން ބައެއް އެޕްލިކޭޝަންތައް ތަޢާރަފްކުރެވުނެވެ. އެގޮތުން މުވައްޒަފުންގެ ހާޒިރީގެ ތަފްޞީލް ވަގުތުން ފޯނަށް ލިބޭ އެޕްލިކޭޝަނަކާއި އަކުރުން އަޑަށް އަދި އަޑުން އަކުރަށް ބަދަލުކޮށްދޭ، ސަން އަށް ޚާއްޞަ އެޕެއް ވެސް ރޭ ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން މުވައްޒަފުންނަށް ޑިސްކައުންޓް ލިބޭ ޕްރިވިލެޖް ކާޑެއްވެސް ތަޢާރަފްކުރެވުނެވެ.
ސަން ސިޔާމް މީޑިއާގެ ގަވާނިން ބޯޑުގެ ޗެއާމަން ޑރ. އަޝްރަފް ޢަބްދުއްރަޙީމް ޝަރަފްވެރިކޮށްދެއްވި މި ޙަފްލާގައި އެސްއެސްމީޑިއާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ބައެއް ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.