Ooredoo
Ooredoo

ބީއެމްއެލުން ރޯދައަށް 4 މިސްކިތެއްގައި ކުލަ ލައިދީފި

ބީއެމްއެލްއިން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމަށް ބޭއްވި ހަރަކާތް: ބޭންކުގެ 100އެއްހާ މުވައްޒަފުން ބައިވެރިވެފައިވޭ -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލް އިސްލާމިކުން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

Ooredoo

ބީއެމްއެލްއިން ބުނީ، އެ ހަރަކާތަކީ ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.

ބީއެމްއެލްއިން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމަށް ބޭއްވި ހަރަކާތް: ބޭންކުގެ 100އެއްހާ މުވައްޒަފުން ބައިވެރިވެފައިވޭ -- ފޮޓޯ/ ބީއެމްއެލް

އެގޮތުން، ބީއެމްއެލް އިސްލާމިކުން މާލޭގެ ހަތަރު މިސްކިތެއްގެ ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ. އެ ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމަށް ބޭއްވި ހަރަކާތް: ބޭންކުގެ 100އެއްހާ މުވައްޒަފުން ބައިވެރިވެފައިވޭ -- ފޮޓޯ/ ބީއެމްއެލް

އެގޮތުން މިއަދު ކުލަލާފައިވާ 4 މިސްކިތަކީ:

  • މާލޭ ހުކުރު މިސްކިތް
  • ދަރުމަވަންތަ ރަސްގެފާނު މިސްކިތް
  • މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދުލް ސުލްތާނުލް ޢާދިލް

ބީއެމްއެލްއިން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމަށް ބޭއްވި ހަރަކާތް: ބޭންކުގެ 100އެއްހާ މުވައްޒަފުން ބައިވެރިވެފައިވޭ -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ބުނީ، ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން އެފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގާ ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު ވެސް މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުންޏެވެ.

Redstar
comment ކޮމެންޓް

comment ރޮޓީ

2 month 4 week ago

ސްޓަންޓް ނުޖައްސާ ތިމީހުން އަސްލު ކުރަންޖެހޭ ކަންކަން ކުރޭ. ދިވެހިންގެ ބޭންކް ދިވެހެން ފެލަނީ. ދެން ކުލަ ލުމާއި ޕާކު ހެދުމާ މީ ކޮން ސަކަރާތެއް ޖަހާކަށް

comment ގ

2 month 2 hour ago

މިސްކިތުގަ ކުލަ ލާން ގެންގޮއްސަ އެ ތިބީ؟؟

comment އަލީ ހަސަން

2 month 6 hour ago

ރިބާގެ ގޮތުގައި ކާލާރިން ތިކަހަލަ ކަންތައްތައް ކޮށްލުން އެއީ އަދި އެއްވެސް ކަމެއް ނޫން އިނގޭތޯ. އެއަށްވުރެ ބޮޑަށް ރައްޔިތުން ފެލާ ބޭންކެއްތީ.