Ooredoo
Ooredoo

ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އުޅުން އަލުން މުރާޖާކުރަން ޑްރައިވަރުން ގޮވައިލައިފި

ޓެކްސީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާކުރުމަށް ރާއްޖޭގެ ޑްރައިވަރުންގެ އެސޯސިއޭޝަނުން މިއަދު ގޮވާލައިފިއެވެ.

ADK GENERAl

ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނިންމުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑްރައިވަރުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައި އޮއްވައި، އިއްޔެވަނީ މާލެ ސަަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި ކަމާ ގުޅިގެން ޑްރައިވަރުންގެ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވެސް ވަނީ މީގެ ކުރިން ވެސް ޑްރައިވަރުންގެ ފަރާތުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތައް ތަކުރާރުކޮށްފައެވެ.

އޭގައިވަނީ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއެކު ޓެކްސީ ފްލީޓު ތައާރަފު ކުރުމުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ކާރުތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ނިކެމަތިވެގެންދާނެކަން ފާހަގަކޮށްފައެވެ. އެ ގޮތުން ކުދި ވިޔަފާރިތައް ހީނަރުވެ، މި ދާއިރާގައި އިންސާފުވެރިކަމާއި ވާދަވެރިކަން ނެތިގެންދާނެ ކަމާމެދު ދެބަސްވެވެން ނެތް ކަމަށް ބުނެފައިވެއެވެ.

ޑްރައިވަރުން ބުނީ، މި ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެ އެސޯސިއޭޝަނާ ދެމެދު ވާހަކަ ދެކެވުނު ނަމަވެސް، މި ކަމުގައި ދެފުށް ފެންނަ ގޮތެއްގައި ޓްރާންސްޕޯޓު މިނިސްޓްރީން އެއްބާރުލުން ދީފައިނުވާ ކަމަށާއި، އަދި އެ ކަމާ ހިތާމަކުރާ ކަމަށެވެ.

އެއާއެކު ބަޔާނުގައިވަނީ މި ދާއިރާގައި އަމާނަތްތެރިކަމާއެކު މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ ހައްގަށް އަރައިގަނެ، މި ފަދަ ނިންމުމެއް ސަރުކާރުން ނިންމި ސަބަބު ސާފުކޮށްދިނުމަށް ގޮވާލައިފައެވެ. އަދި އެ ނިންމުން އަލުން މުރާޖައާ ކުރުމަށް ވެސް ގޮވައިލިއެވެ.

އަދި ޓެކްސީގެ ޚިދުމަތް ސަރުކާރުން ފަށަން ނިންމީ އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާ ނުލައި، އެފަދަ އެއްވެސް ފްލީޓެއް ތައާރަފު ނުކުރާނެ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު ދެއްވި ޔަގީންކަމާ ސީދާ ޚިލާފަށްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެތައް ހާސް ދުވަހެއްގެ ބުރަ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދި، މި ދާއިރާއާމެދު އަޅަމުން ދާ ބޭއިންސާފު ފިޔަވަޅުތަކާ ދެކޮޅަށް ހުރިހާ ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ އެހީތެރިކަމާއި އެއްބަވައިވަންތަ ކަމަށް ވަނީ އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފައެވެ.

މިނިވަން ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ދެމެހެއްޓުމަށް ޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ޑްރައިވަރުންގެ އެސޯސިއޭޝަނުން އަޅާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން ނިންމުމާއެކު ކަންބޮޑުވުން ފާޅުކޮށް ޑްރައިވަރުން އިހުތިޖާޖު ވެސް ކުރިއެވެ. އެ އިހުތިޖާޖުތައް ހުއްޓައިލީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ޔަގީންކަން ދެއްވުމުންނެވެ.

ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ، ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނިކޮށެވެ.

Redstar
comment ކޮމެންޓް

comment ޖަލްޕަރީ

1 month 2 week ago

ހިތުހުރި ދުވަހަކު، ހިތުހުރި ވަގުތަކު، ހިތުހުތި ގޮތަކަށް، ހިތުހުރި ތާކުން ހިތުހުރި ބަޔަކު ނަގާގެން، ހިތުހުރި އަގަކަށް ދުއްވާ ކިބުރުވެރި ޓެކްސީގެ ނިމުން އަންނަނީ! ސަރުކާރަށް ޝުކުރިއްޔާ!!!!

comment ކަނޮޅި އަހަންމަދު

1 month 2 week ago

ޓެކްސީތަކަށް ދީފައި ހުރި ހުއްދަތައް ބާތިލުކުރަންވީ މިއުޅޭ ތެކްސީ ޑްރައިވަރުން ރައްޔިތުންނަށް ހަދަނީ ހަމަ ހަދާނެ ގޮތެއް ހުޅުމާލެއަށް ހުޅުލެއަށް ނޫންތަނަކަށް ދަތުރެއް ނުކޮށްދޭ. ސަރުކާރުންމިކަން ފަށަން މާބޮޑަށްވެސް ލަސްވެއްޖެ.

comment ތައްކާނުބޭ

1 month 2 week ago

އެމްޑީޕީ ސަރުކާރުން އަތޮޅުތެރޭގައި އާރ ޓީ އެލް ގެ ޚުދުމަތްފެށީ ރަށްރަށުގައި އާންމު ރައްޔިތުން ނަށްދަތުރުކުރެވޭނެގޮތް ނެތީމަތޯ؟ އެކަމުގެ ސަބަބުން ލޯންޗްތަށް ވިއްކާލާ ކުރަމުންއައި މަސައްކަތް ހުއްޓާލަންޖެހުނީ ކިތަށްމީހުނަށްތޯ ސަން އިން އޮޅުންފިލުވާލަބަލަ. ދައުލަތުން އެތައް މިލިޔަން ސަބުސިޓީ ދީގެންވެސް އަދިވެސް އެއުޅެނީ ނުވެގެން ރޓލ ކޮންމެ ލޯންޗެއްގެ 5 ފަޅުވެރިންނަށް މަހަކު 65ހާސްރުފިޔާ ޚަރަދުކުރޭ

comment އިބޫ

1 month 2 week ago

އެއްވެސް ދުލެއް ސަރުކާރުން ނުދޭތި އެމީހުން ރއްޔިތުންނަށް ހަދަނީ ހަދާނެ އެއްޗެއް

comment ކަކުނި

1 month 2 week ago

ވަރަށްގިނަ ދުވަހު ފޫކަހައިފީމެއްނު ދެން ހަމަބިމަށްފަިބަން ފެންނަނީ. ސަރުކާރުން ޓެކްސީ ޚިދަމަތް ނުދީ ރައްޔިތުންނަށް މިކަމުގައި ހައްލެއްނެތް ، ޓެކްސީތައްވަނީ ހައދުފަހަން އަޅާފަ، ހިތައްއެރިމީހަކު ހިތައްއެރި އިރަކު ، ހިތައްއެރިތަަަަަަަަަަަާކަށް ދާނީ. މިރަށްކީ މުޅިރާއްޖޭގެ އެންމެން މިހާރު އުޅޭތަން ، ސަރުކާރުން އެމީހުންގެ ދަތުރުތައް ކުރެވޭނެ ގޮތް ހަދާދޭން އެބަޖެހޭ، ޓެކްސީ ޑްރައިވަރުންކައިރީ ރައްޔިތުން އާދޭސް ކުރާކަށްނުޖެހޭނެ، ޓެކްސީ ޑްރައިވަރުން ޖެހޭނީ ސަރުކާރުުގެ އަމުރުތަްކަށް ތަބާވެގެން މަސައްކަތްކުރަން ، މައިތިރިވޭ. ރައްޔިތުންނަށް ޖެއސުންނުކަށް އެހެންމަސްއކަތެއްފަށަާ.

comment ލަނޑުދަނޑި

1 month 2 week ago

ނުޖެހޭ މުރާޖާ ކުރާކަށް ތި ޓެކުސީ ޑުރައިވަރުން ރައްޔިތުން ނަށް ހާދަ އުނދަގުލެއްކޮށްފިޔޭ ކުޑަ ކުދިން ނުވަތަ މުސް ކުޅިޔެއް ގޮވާގެން މަގުމަތީ ކިހާއިރަކު ޓެސީ ހޯދަން ހުންނަން ޖެހޭ ވަކި ދަތުރެއް ވިޔާ ނުކުރެވޭ މީ ތި ގިނަ ޑުރައިވަރުން ގެ ހާލަތު ދެން މިކަމާ ނުވިސްނާ 10 އަހަރު ފުރުސަތު ލިބުނު މުޅިންވެސް ހިތު ހުރި ގޮތެއް ހަދަމުން ދިޔަ ބައެއްތީ

comment އައިމަން

1 month 2 week ago

ރައްޔިތުންނަށް އުދަގޫވާ ޒާތުގެ ކަންކަން ސަރުކާރުން ފަސޭހަކޮށްދެއްވާނޫންތޯ.

comment ލލ

1 month 2 week ago

ސަރުކާރުން ޓެކުސީގެ ހިދުމަތް ދިނުމަކީ ވަރަށް ރަގަޅުކަމެއް، މާލަސްވެސް ވެއްޖެކަމެއް، މިއުޅޭ ޓެކުސީ ޑުރައިވަރުން އުޅެނީ މާބޮޑަށް މަވެރި ވެގެން !

comment ހހ

1 month 2 week ago

ލޮލް

comment އަންމަޑޭ

1 month 2 week ago

އެއްވެސް ޤައުމެއްގެ ސަރުކާރުން ރައްޔިތުންގެ ޖީބުން ފައިސާ ނެގުމަށް ފާލުގައި އަތެއް ނުބާނައެވެ.

comment ނުރަބޯ

1 month 2 week ago

ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަނީ، ޓެކްސީ ޑްރައިވަރުން ޚިދުމަތް ދިނުމުގައި ގެންގުޅޭ “މަވެތި” އުޞޫލުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންގެ ޝަކުވާ އިންތިހާއަށް ގޮސްގެން. ވީމާ އެކަން ދެން އިތުރަށް މުރާޖަޢާ ކުރާކަށް ނުޖެހޭ. އަވަހަށް ފަށަންވީ.

comment ޑރއވރ

1 month 2 week ago

🤦🤦🤦🤦🤦