ރ. މީދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކުލަ ހެދުމުގައި ހުރި ފުލުހަކަށް ކުޑަކުއްޖަކު ހަމަލާ ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުދި ބަޔަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެކަމަށް ބުނެ އެ ކުދިން ޖަދަލުކޮށް، ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހެދި ކަމަށެވެ.
އެހެންވެ، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދިން ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުން،" އެ މުއައްސަސާއިން ބުންޏެވެ.
އޭގެ އިތުރުން އެ ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާކަން ފުލުހުން ހާމަކޮށްފައިވެއެވެ.
އެ ހާދިސާ ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯއިން ފެންނަނީ ކުލަ ހެދުމުގައި ހުރި ފުލުހަކު، ކުޑަކުއްޖަކު ހިފަހައްޓައިގެން ގެންދާ މަންޒަރު ކަމަށް ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.
އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ، ކުޑަކުއްޖާ މަގުމަތިން ގެންދަނިކޮށް، އެ ކުއްޖާ ގަދަހަދައި، ފުލުސް މީހާ ބިންމައްޗަށް ވައްޓާލާ މަންޒަަރެވެ. އެހާ ހިސާބުން ފުލުސް މީހާ ތެދުވެ، އެ ކުއްޖާ ބިންމައްޗަށް ވައްޓާލައިގެން ހިފަހައްޓައެވެ.
އެ ހާދިސާ ހިނގި ވަގުތު މަންޒަރު ބަލަން ބަޔަކު ތިބިތަން ވެސް ވީޑިއޯއިން ފެނެއެވެ. އަދި ވީޑިއޯ ނިމޭއިރު، އެ ސަރަހައްދަށް އިތުރު ދެ މީހަކު ގޮސް މަޑުކުރާ މަންޒަރު ވެސް ފެނެއެވެ.
comment އެކުއްޖާ
2 month 2 week ago
އެކުއްޖާ އައިސް ފުލުހުސް މީހާއަށް ހަމަލަދިނީ ފުރަތަމަ ކޮބާ އެކުއްޖާގެ މައިންބަފައިން ދަރިން ނުބެލެންޔާ އެހެންމީހުން ބަލާނީ ވަކި ކޮން ހެނެއް
comment ކުރީގެ ފުލުހެއް
2 month 2 week ago
ސުބުހާނަﷲ އެ ކުޑަކުޑަ ސޮރުގެ ބޯމަތިން ނަގާ މަޅާފަ އެޖެހީ ފުލުސްމީހާ. އެއީ ގައުމުގެ ދާޚިލީކަންކަން ހަމައަކަށް އަޅުވަންތިބި ބައެއް ފުލުހުންގެ ކެޕާސިޓީ. މިއީ ބުއްފުޅި ޓްރެއިނިންގ (ވެސްޓަން އޮސްޓްރޭލިއާގެ ޓެރެއިނިންގ އިން ތަންކޮޅެއް ނަގާގެން) ހިންގީމަވާ ގޮތް. ލަދުވެތި.
reply ނޯޓު
2 month 2 week ago
ރަގަޅަށް ބަލާ، ފުރަތަމަ އެކުއްޖާ ފުލުސް މީހާ ނަގާ ޖަހަނީ، ދެން ފުލުސް މީހާ އެކުއްޖާ ބިމާލާ ހިފަހައްޓަނީ.
comment ފިނިކުރި ޕާކު
2 month 2 week ago
"ކުއްޖާ" އަދި ކޮޅުފައިންވެސް އެބަ ޖަހާ ފުލުސް މީހާ ގައިގަ. ފުލުސްމީހާ ކަންތައް ކުރީ ރަނގަޅަށް ކަމަށް ފެންނަނީ. ވަރަށް ފުރިހަމަ. އަދި ހީރޯވެސް އެ "ކުއްޖާ" ދައްކާނެ އެ ވާހަކަ އެހެން ކުދިން ގާތު. އެއީ ހީރޯއެއްތޯވެސް ޖެހޭނެ ބަލަން މި މައްސަލަ ނިމޭއިރު.
reply ޗާޓޭ
2 month 2 week ago
އެއީ ޒީރޯއެއް، އެއްގޮތަކަށްވެސް ރަގަޅު ކަމެއްވެސް ނޫން، މޮޅެއްވެސް ނޫން، މިފެންނަނީ މައިންބަފައިންގެ އަޅާލުން ކުޑަކަން.