ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު ފަރާ ޚާން 2004 ވަނަ ގެނެސްދިން ބްލޮކްބާސްޓަ ފިލްމު "މޭ ހޫ ނަ"ގެ ސީކުއަލްއެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން "މޭ ހޫ ނާ 2" ފަރާ ޚާން ގެނެސްދޭނީ ޝާހްރުކް ޚާން އާއި ގޯރީ ޚާން ހިއްސާވާ ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓްއާ ގުޅިގެންނެވެ.
ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމު "މޭ ހޫ ނާ" އަކީ ޝާހު އާއި އަންހެނުން ގޯރީ ރެޑް ޗިލީސް ބެނާގެ ދަށުން އެންމެ ފުރަތަމަ ޕްރޮޑިއުސްކުރި ފިލްމެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ސީކުއަލްއަށް އުފެއްދުމަށް ޝާހު އާއި ގޯރީއާ އެކު ފަރާ ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.
ފިލްމު "މޭ ހޫ ނާ 2" ބިނާކުރަން ފަރާ ވިސްނާފައިވާ ވާހަކައިގެ ޚިޔާލު ޝާހުއަށް ވަރަށް ބޮޑަ ކަމުދިޔުމާ އެކު ފަރާ ވަނީ ފިލްމުފެ ސްކްރީންޕްލޭ ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަކީ ޝާހާއި ގޯރީ އެންމެ ފުރަތަމަ ޕްރޮޑިއުސްކުރި ފިލްމަށްވުމުން ފިލްމަށް ދެ މީހުންގެ ހިތުގައި ވެސް ވަރަށް ޚާއްސަ މަގާމެއް ވަނީ ދެވިފައެވެ. އެހެންވެ، ޝާހު ބޭނުން ވަނީ ނަމަކަށް ސީކުއަލްއެއް އުފެއްދުމަށް ވުރެ ބޮޑަށް އޮށްޓަރުހުރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ސީކުއަލްއެއް އުފެއްދުމަށެވެ.
ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ލިބުނު "މޭ ހޫ ނާ"ގެ މުހިއްމު ރޯލުން ފެނުނު އިތުރުން ތަރިންގެ ތެރޭ ބަތަލާ ސުޝްމިތާ ސެން، އަމްރީތާ ރާއޯ، ޒައިދު ޚާން، ނަސީރުއްދީނު ޝާހު،ސުނިލް ޝެޓީ، ބޮމަލް އިރާނީ އަދި ކިރަން ހޭރު ހިމެނެއެވެ.
ފިލްމު "މޭ ހޫ ނާ"ގެ އިތުރުން ޝާހުއާ އެކު ފަރާ މަސައްކަތް ކުރި ބްލޮކް ބާސްޓަ ފިލްމުތަކުގެ ތެރޭ "އޯމް ޝާންތީ އޯމް" އަދި "ހެޕީ ނިއު އިއާ" ވެސް ހިމެނެއެވެ.