ވީއެމްސީއިން ބާއްވާ "ބުރުނު ބޮމަ"ގައި ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވައިލައިފި

ވީއެމްސީއިން ބާއްވާ "ބުރުނު ބޮމަ"ގައި ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވައިލައިފި --ފޮޓޯ/އެމްއެމްޕީއާރުސީ

ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ)ން އިންތިޒާމުކުރާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން، މަސްވެރިކަމުގެ މުބާރާތް ކަމަށްވާ "ބުރުނު ބޮމަ"ގައި ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ވީއެމްސީ އަކީ ދުނިޔޭގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މުވައްޒަފުން އިސްނަގައިގެން އުފައްދާފައިވާ ކްލަބްއެކެވެ.

މާލެ ޓޭބަލް ޓެނިސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ބުރުނު ބޮމަ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމްއެވެ.

ރާއްޖޭގެ ހިތްގައިމު ކަނޑުގެ ސަރަހައްދުގައި 10،000ޑޮލަރުގެ އަގުހުރި އިނާމަށް ވާދަކުރުމަށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަސްވެރިންނަށް ވަނީ ދައުވަތުއަރުވާފައެވެ.

ވީއެމްސީއިން ބުނީ މި ހަރަކާތްތަކަކީ ހަނދާން ނައްތާނުލެވޭ ވަރުގެ ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

ރަޖިސްޓްރޭޝަންގެ ތަފަސީލު:

  • "އާލީ ބާޑް" ރަޖިސްޓްރީ ކުރުމުގެ ސުންގަޑި: 15 ފެބްރުއަރީ
  • ފައިނަލް ރަޖިސްޓްރޭޝަން ސުންގަޑި: އެކެއް އޭޕްރީލް

ބުރުނު ބޮމަ ސްޕޯޓްސް ފިޝިން މުބާރާތަކީ ސްޕޯޓްސް ފިޝިން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާއި ރާއްޖޭގެ މިފަދަ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން ޝައުގުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ހާއްސަ މުބާރާތެއްކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވީއެމްސީއިން ބުނީ މި މުބާރާތުގައި "ކެޗް އެންޑް ރިލީޒް" މެތަޑަށް އަލިއަޅުވާލާފައި ވާނެކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ސްޕޯޓްސް ފިޝިން، މަސްވެރިކަމުގެ މުބާރާތެއްގެ ގޮތުގައި ބާއްވާ "ބުރުނުބޮމަ" އިވެންޓަކީ ދުނިޔޭގެ ސްޕޯޓްސް ފިޝިން މަސްވެރިންގެ މެދުގައި ފޯރި ގަދަވާނެ ހަރަކާތެއްކަމަށް ވީއެމްސީން ބުންޏެވެ.

comment ކޮމެންޓް