ސަރުކާރު ބަންދު ނަމަވެސް މާދަމާ ޕާސްޕޯޓު ދޫކުރާނެ ގަޑިތައް އާންމުކޮށްފި

ދިވެހި ޕާސްޕޯޓު: ސަރުކާރު ބަންދު ނަމަވެސް މާދަމާ ޕާސްޕޯޓު ދޫކުރާ ގަޑިތައް އާއްމުކޮށްފި -- ފޮޓޯ/ ރާއްޖެ އެމްވީ

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

ސަރުކާރު ބަންދު ނަމަވެސް، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ މާދަމާގެ ހެނދުނު 08:30އިން މެންދުރު 14:00އާ ހަމައަށެވެ.

އަދި ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް މާދަމާގެ ހެނދުނު 09:00އިން މެންދުރު 13:00އާ ހަމައަށް ޕާސްޕޯޓު ނެގޭނެއެވެ. އެގޮތަށް ޕާސްޕޯޓަށް އެދެވޭނީ އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ޚިދުމަތްތައް ލިބޭނީ:

  • މާލެ، ވެލާނާގެ އެއްވަނަ ފަންގިފިލާ
  • ހުޅުމާލެ ފޭސް އެކެއް، އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް ދޭއް، ވިނަރެސް 1، 2ވަނަ ފަންގިފިލާ

މާދަމާއަކީ މިއަހަރުގެ ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވާ ދުވަހެވެ. އަދި މާދަމާގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ.

comment ކޮމެންޓް