ޖަޕާނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން އެ ގައުމުން ރާއްޖެއަަށް ކަނޑައެޅި އާ ސަފީރު އިޝިގާމީ ރުމީކޯއާ އެކު، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ޖަޕާނު ސަފީރާ އެއްކޮށް ރައީސް މަޝްވަރާކުރެއްވީ މިއަދު ރައީސް އޮފީހުގައި ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ،
ރައީސް އޮފީހުން ބުނީ، މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން އެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވާފައި ކަމަށެވެ،
ޖަޕާނުގެ އާ ސަފީރު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމުން އެ މަނިކުފާނު ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިސާސްޓާ މެނޭޖްމަންޓާއި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، މި ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ސަފީރާއި އެ މަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.