ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށްއަރައިފި

ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރުކުރި ވެނިސް ނަމަކަށް ކިޔާ ދޯނި ފަރަށް އަރައިފައި ---

ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރުކުރި ވެނިސް ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރުކުރި ވެނިސް ނަމަކަށް ކިޔާ 100 ފޫޓުގެ ސަޕްލައި ދޯންޏެއް ނ. މާވައިދޫ ކައިރީން ފަރަށް އަރާފައި ވާކަމަށެވެ.

އަދި އެ ދޯނި ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ހއ. އަތޮޅަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނީގައި 13 ފަޅުވެރީން ތިބި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށެވެ. އަދި ދޯނި ފަރަށް އެރިކަމުގެ ރިޕޯޓު ލިބިފައި ވަނީ ދަންވަރު 03:59 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މީގެ ހަ ވަރަކަށް ދުވަސް ކުރީންވެސް ވަނީ ލިއޯ ވިންގް ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރާފައެވެ. އެ ދޯނި އަރާފައި ވަނީ ރޯދަ މަހަށް ގއ. ނިލަންދުއާއި ދާންދޫގެ މީހުން ދިރިއުޅޭ ގެތަކަށް ލިއޯ ޓްރޭޑިން ޗެއާމަން ހަދިޔާ ކުރާ 1070އަށް ވުރެ ގިނަ ކާޑު ބަސްތާާ ބަރުކޮށްގެ މާލެއިން ދަނިކޮށް އެކެފަރު ފަރަށެވެ.

comment ކޮމެންޓް