Dhiraagu

އަރުޖުންގެ ކޮމެޑީ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

މި މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ އާއިލާގެ މެމްބަރުންނާއެކު އުފާވެރި މާހައުލެއްގައި ބަލައިލެވޭނެ, ވަރަށް ހެއްވާ މަޖާ ހާދިސާތަކުން މުނިފޫހިފިލުވައިދޭނެ ފިލްމެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ އެކްޓަރު އަރުޖުން ކަޕޫރު، ބޫމީ ޕެޑްނޭކަރު އަދި ރަކުލް ޕްރީތު ސިންގްއެވެ. މީގެއިތުރުން ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"ގެ ކާސްޓުގައި ޑީނޯ މޯރިއާ، އަނީތާ ރާޖް، އަދިތިޔަ ސީލް އަދި ޝަކްތީ ކަޕޫރު ވެސް ހިމެނެއެވެ.

ދިމާވާ ސިއްހީ މައްސަލައަކާ ގުޅިގެން ގާތްގަނޑަކަށް ހަ އަހަރުގެ ކަންކަން ހަނދާންނެތެން މެދުވެރިވުމުން ބަތަލާ ބޫމީއަށް ކުރިމަތިވާ ހެއްވާ މަޖާ ހާދިސާތަކެއް ފިލްމުގެ ޓްރެއިލާގެ ބައެއް މަންޒަރުތަކުން ފެނެއެވެ.

"މެރޭ ހަޒްބެންޑް ކީ ބިވީ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމުގައި ބޫމީ ކުޅެފައި ވަނީ އަރުޖުންގެ އަންހެނުންގެ ރޯލެވެ. ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމާ މެދު ކުރެވޭ އުއްމީދުތައް ބޮޑުކަމަށް ޕްރޮޑިއުސަރު ވަޝޫ ބަގްނާނީ ވަނީ ބުނެފައެވެ.

މި ފިލްމަކީ ރަކުލްގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ އާއިލީ ކުންފުނި ޕޫޖާ އެންޓަޓެއިންމަންޓްއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ކޮމެޑީ ފިލްމުތައް ކަމަށްވާ "ޕަތްނީ ޕަތުނީ އޯރު ވޯ"، "ހެޕީ ޕިރް ބާގް ޖާއެނގީ" އަދި މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ކޭލް ކޭލް މޭ"ގެ ޑައިރެކްޓަރު މުދައްސަރު އަޒީޒެވެ.

comment ކޮމެންޓް