އއ. އުކުޅަހުގައި މިއަދު ހަވީރު ފަތުރުވެރިއަކު މޫދަށް އެރިއުޅެނިކޮށް މަރުވެއްޖެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:20 ހާއިރުއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މަރުވެފައިވަނީ އުޒްބެކިސްތާނަށް ނިސްބަތްވާ 75 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މިއީ ފަހަކަށް އައިސް މޫދާއި ކަނޑުމަތީގެ ހާދިސާތަކުގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ވަނީ އިތުުރުވެފައެވެ. މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.