Dhiraagu
Ooredoo

ބޮޑެތި ޕާޓީތަކުން ސަރުކާރާ ހަވާލުވެ މައްސަލަތައް ހައްލުކޮށްދޭނެކަމުގެ އިތުބާރު ކުޑަ: އިންތި

ބޮޑެތި ޕާޓީތަކުން ވެރިކަމާ ހަވާލުވެ، ރައްޔިތުންނަށް ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދީފާނެ ކަަމަށް ރައްޔިތުން ކުރާ އިތުބާރު މިއަދު ކުޑަވާން ފަށައިފިކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ADK GENERAl

ސަން އޮންލައިންގެ މި ހަފުތާގެ 'އެޑިޓަރުގެ ސުވާލު ޕުރޮގްރާމުގައި އިމްތިޔާޒް ވަނީ ސަރުކާރުތަކުން ކަންކަން ކުރާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކޮންމެ ޕާޓީއަކުން ވެސް ވެރިކަމަށް އަންނަނީ ޚިޔާނަތާއި ކޮރަޕްޝަނާއި މަރުގެ މައްސަލަތައް ފަދަ ބޮޑެތި ކަންކަން ތަހުގީގުކޮށްދޭނެ ކަމުގެ ވައުދާ އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ވެރިކަމާ ހަވާލުވެ ކުރާ ކަމަކީ، އެ ފަދަ ކަންކަން އަމިއްލަ ވެރިކަމުގައި ވެސް ކޮށް، ގާނޫނުތަކާއި ގަވައިދުތައް ވެސް އުސޫލުން ބޭރުން ބަދަލުކުރުން ކަމަށް އިންތި ވިދާޅުވިއެވެ.

ކޮށްފައި ދެން އެހެން ސަރުކާރެއް އައިމަ، ތިމާކުރި ކަންތަކުގެ ވާހަކަ އެބުނަނީ. ވަރަށް ގޯހޭ. ތިހެން ހަދައިގެން ނުވާނެޔޭ. ސަރުކާރު ބަދަލު ކުރަން ވެއްޖެޔޭ. އެކަމަކު، ތިމާ މި ހުންނަނީ މި ކަންތައްތައް މި ތަރުތީބުން ކޮށްފައި ތިބާ މެންނަށް ބާރު ލިބިފައި އޮންނަ އިރުގައި

އެ ކަންކަމަށް އިޝާރާތްކުރައްވައި، އިންތި ވިދާޅުވީ، ބޮޑު ޕާޓީއަކުން ސަރުކާރު ހިންގައިގެން އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވެ، ދެން ރައްޔިތުން ޝައުގުވެރިވާނެ ކަމަށް ގަބޫލުކުރެވެނީ ޚިޔާނާތް ފަދަ ކަންކަން ނުކުރެވޭނެހެން 'ގަވަނަންސް'ގެ ބަދަލުތަކަށް ވަަކާލާތު ކުރާ މީހަކަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ މައުޟޫއުގެ ތެރެއިން އިމްތިޔާޒް ވަނީ ޑިމޮކްރެޓްސްއިން ކުރާ މަސައްކަތްތައް ވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރު އިދާރާތަކުން ހިންގާ ޚިޔާނާތްތައް ހުއްޓުވޭނެ ގޮތްތައް ހޯދުމަށް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެހެންވީމަ މިކަމަށް ވަރަށް ގިނަ ރައްޔިތުން ޝައުގުވެރިވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން. މިކަމުގެ ތެރެއިން އަޅުގަނޑުމެންގެ ޕާޓީ ވެސް އިތުރަށް ބޮޑުވެގެންދާނެ. އަދި، ކުރިއަށް އޮތް އިންތިޚާބުތަކަށް ވެސް ގިނަ ބަޔަކުގެ އިތުބާރު ލިބިގެންދާނެ" އިންތި ވިދާޅުވިއެވެ.

އޭގެއިތުރުން، ކުރީގެ އިންތިޚާބުތަކުގައި ހުށަހެޅި ސިޔާސަތުތަކަށް ރައްޔިތުންގެ ފާޑުކިޔުންތައް ނުލިބުނު ކަމަށް ވިޔަސް މިހާރުގެ ސިޔާސަތުތައް ވަރަށް ކަމުދާނެ ކަމަށް އިމްތިޔާޒް ގަބޫލުކުރައްވައެވެ.

ޕާޓީއަށް ގިނަ ވޯޓުތަކެއް ނުލިބުނަސް އޭރުގައި ވެސް އެ ޕާޓީގެ ސިޔާސަތުތައް ރަނގަޅު ކަމަށް ރައްޔިތުން ގަބޫލުކުރި ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި، ޑިމޮކްރެޓުން މުސްތަގުބަލުގައި ވެސް މަސައްކަތް ކުރާނީ ޚިޔާނާތް ފަދަ މައްސަލަތައް ހައްލު ކުރެވޭނެ ސިޔާސަތުތަކެއް އެކުލަވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Redstar
comment ކޮމެންޓް

comment މުހައްމަދު

2 month 4 week ago

ވަގަކު ވައްކަން ނުކުރެވިގެން މަރުފަލި ޖަހަނީއެވެ. ކުޑަޔަސް ބޮޑަސް ސިޔާސީ ނަމަ އޮންނާނީ ދޮގުހެދުމާއި އޮޅުވާލުމާއި ވައްކަންކުރުމެވެ.

comment ކކ

2 month 4 week ago

ސިޔާސީ ކުދި ވަގުން ގައުމު ހިންގަން ހާދަ ޝައުގުވެރިކަމެއް މިހުރީ، ކުދި ވަގުން ބޮޑުވަގުން !

comment ކކ

2 month 4 week ago

ކުދި ކޮރޮކަލި ރަގަޅުވާނެ ސިޔާސީ ކަންކަމުގައި އުޅެން ކުލަ އަރުވާ ބޯވަޔަށް ވުރެން !

comment ސސ

2 month 4 week ago

ރަގަޅު ދައުލަތުގެ މާލިއްޔަތު ލޫޓވާ ކުދި ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ވެސް ނިކުމެގެން ތިޔަކަންވާނީ، މިހާރު ސިޔާސީ ވަފާތެރި ކެހިވެރިން އެންމެ ކަންބޮޑުވަނީ ބޮޑު މާރުކޭޓް ގޮޅީގައި ސޭލް އަޅުވާ ނީލަން ކިޔޭނެ ގޮތެއް ނެތިގެން !

comment ލލ

2 month 4 week ago

ހަމަ ހުސް ވަގުން މިއުޅޭ ސިޔާސީ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން، މިމީހުން ވަފާތެރިވަނީ މާލިއްޔަތު ލޫޓުވާން ، އެނުން ކަންކަމުގައި ކެވިވެރިން !