ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނު 2 މީހުން ދިހަ ދުވަހަށް ބަންދަށް

ފޭރުނު މައްސަލާގައި ހައްޔަރުކުރި ފަވާޒާއި ސޮފްވާން ---- ފޮޓޯ/ ފުލުހުން

ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނު ދެ މީހުން 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ފަވާޒު ކަޅުތުއްތު، ހ. ރެނދަން، މާލެ އަދި އުމުރުން 36 އަހަރުގެ ސޮފްވާން އަލީ، ލަކީހައުސް، ތ. ތިމަރަފުއްޓެވެ.

https://sun.mv/202056

ފުލުހުން މިޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރޭ 02:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ދެ މީހުން 33،500 ރުފިޔާ ފޭރުނު ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެފަހުން އެ ފޮޓޯ އާންމުކޮށް، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ފަވާޒާއި ސޮފްވާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ބަންދަށް 10 ދުވަށް ޖަހަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

comment ކޮމެންޓް