ޝާހު ގަނެފައިވާ ބިމަކަށް އިތުރަށް ފައިސާ ހޯދާފައިވާ މައްސަލައެއް ފެންމަތިވެއްޖެ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުގެ ރެކޯޑު ހޯދާފައިވާ ޝާހުރުކް ޚާން މުމްބާއީން ގަނެފައިވާ ބިމަކަށް އިންޑިއާގެ ސަރުކާރުން އިތުރަށް ފައިސާ ހޯދާފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މުމްބާއީގެ ސަބާބަން ޑިސްޓްރިކްޓްއިން 2019 ވަނަ އަހަރު ޝާހު ގަނެފައިވާ މި ބިމަށް ނުވަ ކްރޯޑު ރުޕީސް (އެއް މިލިއަން ސާޅީސް ހަތަރު ހާސް އެމެރިކާ ޑޮލަރު) އިތުރަށް ދައްކާފައިވާ ކަމަށް މަހާރަޝްތުރާގެ ސަރުކާރުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭރު މި ބިން ގަނެފައި ވަނީ ޝާހު އާއި އަންހެނުން ގޯރީގެ ނަމުގައި ކަމަށާއި ދާދިފަހުން ބިން ވިއްކުމާ ބެހޭ އޮތޯރިޓީއަށް ފައިސާ އާ ބެހޭ މުއާމަލާތުގައި ގޯހެއް އުޅޭކަން އެނގި އެ އަދަދު ޝާހުގެ ދެމަފިރިންނަށް އަނބުރާ ދައްކަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝާހުގެ އާއިލާއިން ދިރިއުޅެމުން އަންނަ މުމްބާއީގައި ހުންނަ މަންނަތު އަކީ އެކްޓަރު މިހާތަނަށް މިލްކުކޮށްފައިވާ ޕްރޮޕަޓީތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް ޕްރޮޕަޓީއެވެ.

ޝާހު އެކްޓަރުގެ އާައިލާއާ އެކު މުމްބާއީގައި ދިރިއުޅެމުން އަންނަ ގެ މަންނަތުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މީޑިއާއަށް ތަންކުޅެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ޝާހު ބުނެފައި ވަނީ މަންނަތު ހުރި އިމާރާތަކީ ވަރަށް އުނދަގުލުން އެކްޓަރަށް ގަނެވުނު އިމާރާތެއް ކަމަށާއި މައިންބަފައިން މަރުވުމާ ގުޅިގެން މުމްބާއީއަށް ދިރިއުޅުން ބަދަލުކުރިއިރު އުޅޭނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.

އަމިއްލަ ގެއެއް މިލްކު ކުރުމަކީ އެކްޓަރު އަބަދުވެސް ދުށް ހުވަފެނެއް ކަމަށާއި މަންނަތު ގަތީ ޝާހުގެ ދެކުދިން ކަމަށްވާ ސުހާނާ އާއި އާރިޔަން ވެސް ލިބުނު ފަހުން ކަމަށް ޝާހު ބުނެފައިވެއެވެ.

އެހެންވެ މަންނަތަކީ އެކްޓަރަށް ވަރަށް ހާއްސަ ގެއެއް ކަމަށާއި އެއީ އޭނާގެ އާއިލާއަށް އެކަނި ހާއްސަ ތަނެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އިންޑިއާގެ މުމްބާއީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ޝާހު ދިރިއުޅޭ މަންނަތު ގެއަކީ ވަރަށް މަގުބޫލު ތަނަކަށް ވަނީ ވެފައެވެ.

comment ކޮމެންޓް