ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާގައި މިއަހަރު އެންމެ ގިނަ ނޯމިނޭޝަންތައް ލިބުނު ފިލްމަކަށް، މިއުޒިކަލް، އެމީލިއާ ޕެރޭޒް ވެއްޖެއެވެ.
ދަ އެކެޑެމީ އިން ވަނީ ދާދިފަހުން މިއަހަރުގެ އޮސްކާގެ ނޮމިނޭޝަންތައް އިއުލާނު ކޮށްފައެވެ. ނޯމިނޭޝަންތަކާއެކު އެތައް ބަޔަކު ތިބީ ހައިރާން ވެފައެވެ. އެއީ މިފަހަރުގެ އޮސްކާގެ ބުރުގައި އެންމެ ގިނަ ބަޔަކަށް ކަމު ގޮސްފައި ނުވާ ފިލްމަށް އެންމެ ގިނަ ނޯމިނޭޝަން ލިބިފައިވާތީއެވެ.
ސެލީނާ ގޮމޭޒް އާއި ޒޯއީ ސެލްޑާނާ ފަދަ ބޮޑެތި ތަރީންތައް ފެނިގެންދާ މި ފިލްމަށް ވަނީ 13 ނޮމިނޭޝަން ލިބިފައެވެ. މި ފިލްމަކީ މިހާތަނަށް އިނގިރޭސި ބަހުން ނޫން އެހެން ބަހަކުން ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ނޯމިނޭޝަން ލިބިފައިވާ ފިލްމެވެ.
ނޯމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމުގެ އެވޯޑާއި ސްކްރީންޕްލޭގެ އިތުރުން ސައުންޑްޓްރެކް ހިމެނެއެވެ. ފިލްމުގައި ޒޯއީ ސެލްޑާނާ ކުޅެފައިވާ ރޯލަށް އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިން ތަރީގެ ރޯލަށް ނޯމިނޭޓް ވެފައެވެ.
އެމީލިއާ ޕެރޭޒްގެ އިތުރުން މިއަހަރުގެ އެންމެ މޮޅު ފިލްމުގެ ރޯލަށް ވާދަ ކުރަނީ، "ބްރޫޓަލިސްޓް" އާއި "އަނޯރާ" އާއި "ސަބްސްޓެންސް" އާއި "އަ ކޮމްޕްލީޓް އަންނޯން" އާއި "ޑޫން ޕާޓް 2" އާއި "ދަ ކޮންކްލޭވް"ގެ އިތުރުން "އައިމް ސްޓިލް ހިއާ" އާއި "ނިކެލް ބޯއިސް" އަދި "ވިކެޑް" އެވެ.
އެންމެ މޮޅު ފިލްމުގެ އިތުރުން ދެން އެންމެ ބޮޑު އެވޯޑަކީ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑެވެ. މި އެވޯޑުތަކަށް ނޯމިނޭޓް ވެފައިވަނީ،
އެންމެ މޮޅު އެކްޓަރު
އޭޑްރިއެން ބްރޯޑީ – "ދަ ބްރޫޓަލިސްޓް"
ޓިމަތީ ޝަލަމޭ – "އަ ކޮމްޕްލީޓް އަންނޯން"
ކޯލްމަން ޑޮމިންގޯ – "ސިންގް ސިންގް"
ރާލްފް ފިއޭނެސް – "ކޮންކްލޭވް"
ސެބެސްޓަން ސްޓޭން – "ދަ އެޕްރެންޓިސް"
އެންމެ މޮޅު އެކްޓްރެސް
ޑެމީ މޫ – "ދަ ސަބްސްޓެންސް
ކާލާ ސޯފިއާ ގާސޯން – "އެމީލިއާ ޕެރޭޒް"
މައިކީ މެޑިސަން - "އަނޯރާ"
ސިންތިއާ އެރީވޯ – "ވިކެޑް"
ފަނެންޑާ ޓޮރޭޒް – "އައިމް ސްޓިލް އަލައިވް"
މިއަހަރުގެ އޮސްކާ އެވޯޑްސް އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ ދެވަނަ ދުވަހުގައެވެ.