ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ މިއަދު ފަށައިފި

ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ މިއަދު ފެށުން -- ފޮޓޯ/ ހައިރައިޒް

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ ފުޑް އެންޑް ބެވްރޭޖް ޝޯ (އެފްއެންޑްބީޝޯ)ގެ އަށްވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

މިއަދުގެ ހަވީރު ފެށި އެފް އެންޑް ބީ ޝޯ ރަސްމީކޮށް ހުޅުއްވައި ދެއްވީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. އެމަނިކުފާނު ވަނީ މި ޝޯ ރަސްމީކޮށް ހުޅުވާދެއްވުމަށް ފަހު ބައެއް ސްޓޯލްތައް ބައްލަވާލައްވާފައެވެ.

ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ މިއަދު ފެށުން -- ފޮޓޯ/ ހައިރައިޒް

ހައިރައިޒްއިން ބުނީ ރޯދަމަހަށް ހާއްސަކޮށް ތައްޔާރުކުރާ ކާބޯތަކެއްޗަށް އަމާޒުކޮށް ކުރިއަށްގެންދާ މި ޝޯގެ މަގުސަދަކީ، ކާބޯތަކެތީގެ މައުލޫމާތު އެއްތަނަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ލިބުން ކަމަށެވެ.

އެގޮތުން ޕްރޮޑަކްޓް ގަތުމުގެ ކުރިން އެ ޕްރޮޑަކްޓަކާ ގުޅޭ އަގުހުރި މައުލޫމާތު މި ޝޯގެ ތެރެއިން ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ހައިރައިޒް އިން ވަނީ ބުނެފައެފެވެ.

ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ މިއަދު ފެށުން -- ފޮޓޯ/ ހައިރައިޒް

"މި ޝޯ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރޯދަމަހަށް ހާއްސަކޮށްގެން ހަމަ މި ނެރޭ ކާބޯތަކެތީގެ މައުލޫމާތު އެއްތަނަކަށް ޒިޔާރަތްކޮށްގެން ހުރިހާ ބޭފުޅުންނަށްވެސް ލިބިގެންދިއުން. މިތަނުން ވަރަށް ރަނގަޅު އަގުހުރި މައުލޫމާތުތަކެއް ޕްރޮޑަކްޓް ގަތުމުގެ ކުރީން އަޖުމަ ބަލާލުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް ލިބިގެންދާނެ." ހައިރައިޒް އިން ބުންޏެވެ.

ހައިރައިޒް އިން ބުނީ މި ޝޯ ކުރިއަށް އޮތް ހަތަރު ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށެވެ.

ރޯދައާ ދިމާކޮށް ހައިރައިޒްއިން ކުރިއަށްގެންދާ އެފްއެންޑްބީ ޝޯ މިއަދު ފެށުން -- ފޮޓޯ/ ހައިރައިޒް

މިއަހަރުގެ މި ޝޯގައި 40އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރި ވެފައިވެއެވެ. އަދި ޝެފް ގިލްޑް މޯލްޑިވްސް (ސީޖީއެމް)އާއި ގުޅިގެން ޒުވާން ޝެފުން ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ވަރަށް ހާއްސަ ލައިވް ކޭކް ޑިސްޕްލޭއެއް ކުރިއަށްގެންދާކަމަށް ވެސް ހައިރައިޒްއިން ވަނީ ބުނެފައެވެ.

ހައިރައިޒްއިން ވަނީ މި ޝޯއަށް ގިނަ މީހުން ޒިޔާރާތްކޮށް ތަކެތި ގަތުމުގެ ކުރީން އަޖުމަ ބަލައިލުމުގެ ފުރުސަތު ހޯދުމަށް ދައުވަތު ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް